އެޑްވަޓޯރިއަލް

މައި ކޮލެޖުން ފަލަސްތީނަށް އެހީވާން ކެމްޕޭނެއް ފަށައިފި

May 29, 2021

މައި ކޮލެޖްގެ މުވައްޒަފުންނާއި ދަރިވަރުން ގުޅިގެން ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދޭން ފަންޑް ރެއިޒިން ކެމްޕޭނެއް އިފްތިތާހުކޮށްފި އެވެ.

އެ ކޮލެޖުން މި ކެމްޕޭން ކުރިއަށްގެންދާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ގުޅިގެންނެވެ. ހަފުތާއަކަށް ކުރިއަށް ގެންދާ މި ކެމްޕޭން ލޯންޗްކޮށްފައި ވަނީ އިއްޔެ އެވެ.

މައި ކޮލެޖްގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ އެ ކޮލެޖުގެ މިޝަނާއި ވިޝަން ގުޅިފައި ވަނީ މުޖުތަމައަށް އަހުލުވެރި ޒިންމާދާރު ދަރިވަރުންތަކެއް ބިނާ ކުރަން ކަމަށާއި މި އިވެންޓްގެ މައިގަނޑު މަގުސަދަކީ ވެސް އެއީ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކޮލެޖްގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކޮށްގެން އެއް ދުވަހުގެ ކެމްޕޭނެއް ކުރިއަށް ގެންދިޔަ ކަމަށާއި އެފަހަރު 40،000ރ. އެއްކުރެވުނު ކަމަށެވެ.

މައި ކޮލެޖްގެ އެޑިއުކޭޝަން ފެކަލްޓީގެ ޑީން، އުސްތާޛާ ފާތިމަތު ސައުސަން ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްތީނަށްދޭ އިންސާނިއްޔަތުކަން ކުޑަ ހަމަލާތައް ހުޓުވަން ޖެހެ އެވެ.

މައި ކޮލެޖާއި އައިއޭސީ ގުޅިގެން ކުރިއަށް ގެންދާ މި އިވެންޓްގައި މައި ކޮލެޖްގެ ފަރާތުން މިފަދަ ކަމެއް އިސްނަގައިގެން ކުރިއަށް ގެންދާތީ އައިއޭސީ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"ގާޒާ އަށް ދިމާވި މި ހާލަތުގައި މުޅި ދުނިޔެއިން ވެސް އެހީވުމަށް އެޓެންޑްވި ގައުމަކަށް ރާއްޖެ ވާނެ. ގާޒާގެ އެއްލައްކަ އަށްވުރެ ގިނަ އާންމު ރައްޔިތުންނަށް ރާއްޖޭއިން އެކިގޮތްގޮތަށް މިހާރުވެސް އެހީތެރިވެފަ ހުންނާނީ. މިފަދަ ހަރަކާތެއްގަ ކުދިންނާ ދަރިވަރުން ބައިވެރިވާތީ ޝުކުރު އަދާކުރަން. މިކަންކަން ހުއްޓުވޭނީ އެންމެން އިންސާނިއްޔަތުކަން އިސްކޮށްގެން." އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ޑިރެކްޓަރު މުހައްމަދު އަލީ ވިދާޅުވި އެވެ.

މި ކެމްޕޭނުގެ ސަބަބުން ދަރިވަރުންނަށް މުހިންމު ފިލާވަޅުތަކެއް ދަސްވެގެންދާނެ ކަމަށާއި މިއީ ފަލަސްތީނުގެ ރައްޔިތުން އާންމު ހާލަތަށް ރުޖޫއަށް ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް ދަރިވަރުންގެ ޖަމިއްޔާގައި އިސްކޮށްއުޅޭ ދަރިވަރެއް ކަމުގައިވާ ޝައްމޫން އަފީފް ވަނީ މި އިވެންޓްގައި ފާހަގަކޮށްފަ އެވެ.

މައި ކޮލެޖްގެ ފަރާތުން އެދެނީ މި ކެމްޕޭނުގައި ވީހާވެސް ގިނަ މުވައްޒަފުންނާއި ދަރުވަރުން އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ އާންމު ރައްޔިތުން ބައިވެރިވުމެވެ. އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެހީ ޖަމިއްޔާގެ އެކައުންޓް ނަންބަރު 7770000026259 ނަންބަރަށް ފައިސާ ޖަމާކުރުމަށްފަހު 7625961 ނަންބަރަށް ސްލިޕް ކޮޅު ފޮނުވުމަށް ވަނީ އެދިފަ އެވެ.