ގާޒާ

ދިވެހިންގެ އެހީގައި ޣައްޒާގައި މިސްކިތެއް އަޅައިފި

އިޒުރޭލުން ސުންނާފަތިކޮށްލާފައިވާ ފަލަސްތީންގެ ޣައްޒާގައި ދިވެހިންގެ އެހީގައި މިސްކިތެއް އަޅައިފި އެވެ.

މިމަސައްކަތުގައި އިސް ދައުރެއް އަދާކޮށްފައިވަނީ ރާއްޖެއާއި ބޭރުގެ ގައުމުތަކުގައި ދަތިހާލުގައި އުޅޭ މުސްލިމުންނަށް އެހީވަމުންދާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ -- "ހިދުމަތް" ޖަމިއްޔާ އެވެ.

ހިދުމަތް ޖަމިއްޔާ އިން ބުނި ގޮތުގައި މި މިސްކިތް ބިނާކޮށްފައިވަނީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަޤްސާ ހިމެނޭ ސަރަހައްދުގައެވެ.

މި މިސްކިތަކީ ވަގުތީ މިސްކިތެއް ކަމަށާއި މިފަދަ އިތުރު މިސްކިތްތައްވެސް އަޅަމުންދާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

"ހާލަތުގެ ނާޒުކުކަމުން މިއީ ވަގުތީ މިސްކިތަކަށް ވިޔަސް ޔަގީން ކަމަކީ ﷲގެ ހަޟްރަތުން ލިބޭނޭ އަޖުރަކީ ވަގުތީ އެއްޗަކަށް ނުވާނެކަން،" ހިދުމަތް ޖަމިއްޔާ އިން ބުނެ އެވެ.