ޑރ. މުހައްމަދު މުއިއްޒު

އައިސީޖޭ އިން އިޒްރޭލަށް ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަސްއަށް ދެއްވި އިންޓަވިއުއެއް -- ފޮޓޯ: އަވަސް
0%
0%
0%

އިޒްރޭލުގެ އަމަލުތައް ހައްދުފަހަނައަޅާފައިވާތީ މިވަގުތަކީ އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ވަކިން ހާއްސަކޮށް ރަފަހްގައި ކުރިއަށް ގެންދާ އަސްކަރީ ހަމަލާތައް ހުއްޓުވަން ބަހެއް ނުބުނެ ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށެވެ.

ރައީސް ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ.

މިއީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން [އިޒްރޭލަށް] ފިޔަވަޅު އަޅަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އިޒްރޭލަށް ފިޔަވަޅު އެޅުމަށް ދެކުނު އެފްރިކާ އިން ވަނީ އައިސީޖޭއަށް މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އިޒްރޭލުން ރަފަހްއަށް އަރައިގަތުމާ ގުޅިގެން އިޒްރޭލަށް އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ދެކުނު އެފްރިކާ އިން ފަހުން ހުށަހަޅާފައިވެ އެވެ.

މިކަމާ ގުޅުވާ ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ތަދައްހުލްވެފައިވާ މިމައްސަލައިގައި ދެކުނު އެފްރިކާ އިން އަޅަމުންދާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.

"ފަލަސްތީން ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހޭ ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ލިބުމާ ހަމައަށް ދިވެހިން ކުރާ މަސައްކަތުގައި ސާބިތު ތިބޭނަން،" ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345