ޓެކްނޯލޮޖީ

ފުރަތަމަ ފައިވްޖީ އެސްއޭ އީ ސިމް

Jun 2, 2021

އީ ސިމަކީ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީއަށް ވަރަށް އާ އެއްޗެކެވެ. އެކަން އެނގެނީ އަދިވެސް ގިނަ މޮބައިލް ފޯންތަކަށް އީ ސިމް ސަޕޯޓް ނުކުރާތީ އެވެ.

އީ ސިމަކީ ސިމްކާޑަކާއި ނުލައި ސިމެއްގެ ބޭނުން އިލެކްޓްރޯނިކް ކޮށް ކުރެވޭ ފިޗާ އެކެވެ. އީ ސިމް ސަޕޯޓް ކުރާ ފޯންތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޯނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެންމެ ފަހުގެ އައި ފޯނެވެ.

ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް އިތުރު ފޯނުތަކަށް ވެސް މި ފީޗާ ދަނީ ތައާރަފު ކުރަމުންނެވެ. ގިނަ މޯބައިލް ފޯން ކުުންފުނިތަކުން ދަނީ މި ޓެކްނޮލޮޖީ އެ ކުންފުނިތަކުގެ ފްލެގްޝިޕް ފޯނުތަކުގައި ބޭނުން ކުރެވޭނޭ ގޮތް ދިރާސާ ކުރަމުންނެވެ. އެގޮތުން އޮއްޕޯ ވަނީ ދުނިޔޭގެ އެންމެ ފުރަތަމަ ފައިވްޖީ އެސްއޭ އީސިމް ސަޕޯޓް ކުރާ ސްމާޓް ފޯން އިއުލާން ކޮށްފަ އެވެ.

"އޮއްޕޯ ފައިންޑް އެކްސް ތްރީ" ގެ ނަމުން ނަން ދީފައިވާ މި ފޯން އިއުލާން ކޮށްފައި ވަނީ 27 މެއި ގައެވެ.

އޮއްޕޯއިން ބުނާ ގޮތުގައި މި ފޯނުގައިވާ ފައިވްޖީ އީސިމްގެ ސަބަބުން ނެޓްވޯކް ޕްރޮވައިޑާސް ތަކަށާއި ބޭނުންކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.

އީސިމް ޓެކްނޮލޮޖީ އަކީ އާންމުކޮށް މި ބޭނުންކުރާ ވަކިން އަޅުވާ ސިމް ކާޑާއި ހިލާފަށް ފޯނުގައި އިންބިލްޓް ނުވަތަ އެތެރޭގައި ހަރުކުރެވިފައި އިންނަ ސިމެކެވެ.

މީގެ ސަބަބުން ފޯނު ބޭނުންކުރާ ފަރާތްތަކަށް ނެޓްވޯކު ޕްރޮވައިޑާ ނުވަތަ ހިދުމަތްދޭ ކުންފުނީގެ އެހީތެރިކަމާ ނުލައި އަދި މާ އުނދަގުލަކާއި ވެސް ނުލާ އެމީހަކު ބޭނުން ވުމުން އެމީހެއްގެ ފޯނުން ހިދުމަތްދޭ ކުންފުނި ބަދަލުކޮ ށްލެވޭނެ އެވެ. އޮއްޕޯއަށް މިގެނައި އާ އީސިމް ޓެކްނޮލޮޖީގެ ސަބަބުން ނެޓްވޯކު ކޮލިޓީއާއި ސްޕީޑަށް ރަނގަޅު ބަދަލުތަކެއް އަންނާނެ އެވެ.

އީސިމް ޓެކްނޮލޮޖީ އެންމެ އާންމުކޮށް ބޭނުންކުރާ ބްރޭންޑްތަކުގެ ފޯންތަކަށް މިހާރު ސަޕޯޓް ކުރެ އެވެ. މީގެ ތެރޭގައި އެޕަލް، ސެމްސަންގް، ގޫގްލް ޕިކްސެލް އަދި ހުއާވޭ ހިމެނެ އެވެ.