ފެނަކަ ކޯޕްރޭޝަން

އައިސް ގަންނަން ހާއްސަަ މޯބައިލް އެޕެއް

"ފެނަކަ އައިސް" އެޕްލިކޭޝަން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ :ފެނަކަ
0%
0%
0%

މަސްވެރިންނަށް ފަސޭހައިން އައިސް ގަނެވޭނެ ގޮތެއް ހަދައިދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

"ފެނަކަ އައިސް"ގެ ނަން ދީފައިވާ މިއެޕްލިކޭޝަން އިފްތިތާހުކުރީ މިފްކޯއިން ކުރިން ހިންގަމުން ދިޔަ އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކުރުމަށްޓަކައި މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އައިސް "ޕްރީ އޯޑާ" ކުރެވޭނެ އެވެ. އޭރުން މަސްވެރިންނަށް ބޭނުންވާ އައިސް ވަގުތުން ވަގުތަށް ލިބި، އައިސް ނުލިބިގެން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގައި ފެނަކައިން ދެކެ އެވެ.

މި ހިދުމަތް ދުވަހުން ދުވަހަށް ދިނުމަށްޓަކައި އަދި އެންމެ އިންސާފުވެރި ގޮތަށް ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކިއު ސިސްޓަމް މެދުވެރިކޮށް ނަންބަރު ދޫކުރެވި އަދި ނަންބަރު ތަރުތީބުން އައިސް ދޫކުރެވިގެންދާނެ ކަމަށްވެސް ފެނަކައިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910