މިފްކޯ

މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ މާދަމާ ދޫކުރަނީ

އައްޑޫގައި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން
0%
0%
0%

މަސްވެރިންނަށް މިހާތަނަށް ދޭންޖެހިފައިވާ ފައިސާ މާދަމާ ދޫކުރާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން ބުނީ މިހާތަނަށް މަސްވެރިން ކިރުވި މަހަށް ދައްކަންޖެހޭ ފައިސާ މާދަމާ ދައްކާނީ އެކުންފުންޏާއި ސަރުކާރާއި ގުޅިގެން ކަމަށެވެ.

މާދަމާ ދޫކުރާ ފައިސާއަކީ މަސްވެރިންނަށް ކުރިން ދައްކަން ޖެހިފައިވާ 52 މިލިއަން ރުފިޔާއާއި ފާއިތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި މަސްވެރިން ކިރުވި މަހުގެ ފައިސާ އެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ އަތުން ގަންނަ މަސް ޕްރޮސެސްކޮށް، ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަށްދާ ހަރަދަށް ވުރެ، މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާ ބޮޑު ތަނުން އިތުރު ކަމަށެވެ. މަސްވެރިންނަށް ފައިސާ ދިނުން ބައެއް ފަހަރު ލަސްވަނީ އެ ސަބަބާ ގުޅިގެން ކަމަށްވެސް މިފްކޯ އިން ބުނެ އެވެ.

މިފްކޯ އިން ބުނީ މާދަމާ ފައިސާ ދޫކުރުމުން މިހާތަނަށް ސަރުކާރަރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ނިމުނީ ކަމަށެވެ. އަދި މިފްކޯއިން ވެސް އެ ކުންފުނީގެ އާމްދަނީން މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް އިތުރު 389 ރުފިޔާ ދީފައިވާނެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ސަރުކާރުން ދިން ފައިސާއާއި މިފްކޯގެ އާމްދަނީން ދިން ފައިސާއާއި އަދި ތެލާއި ސަބްސިޑީއަށް ދިން ފައިސާއާ އެކު މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 831 މިލިއަން ރުފިޔާ ދޫކުރެވުނީ ކަމަށްވެސް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910