ދިރާގު

ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ

Jun 1, 2021

ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާތަކެއް ފަށައިފި އެވެ.

ދިރާގުން ބުނީ މިއަދު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރުން ހިލޭ ޑޭޓާ ދީފާއި ވާނެ ކަމަށެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް ހިލޭ އިތުރު ޑޭޓާ ލިބޭނެ އެވެ. އަދި ޕޯސްޓްޕެއިޑާއި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާއި 200 ޕަސެންޓާ ދެމެދުގެ ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދީފައި ވާނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ދީފައިވާއިރު، ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ޖޫން މަހުގެ ނިޔަލަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނަގާ ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް އިތުރު ހިލޭ ޑޭޓާ ދޭން ފަށައިފައިވާ ކަމަށް ދިރާގުން ބުންޏެވެ. ހިލޭ ޑޭޓާ ދޭން ފަށައިފައި ވަނީ މިދުވަސްވަރަކީ ގޭގައި ތިބެގެން އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރަކަށް ވާތީ ކަމަށެވެ.

ދިރާގުން ދޭ ހާއްސަ އޮފާތައް

  • ފިކްސްޑް ބްރޯޑްބޭންޑް އަދި ބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ
  • ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯޕޮލޭން ތަކުން 50 ޕަސެންޓް އިތުރު އެލަވަންސް ލިބޭނެ
  • މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓްކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް 200 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސުން ލިބޭނެ
  • ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކޮށްގެން 100 ޕަސެންޓް އިތުރު އެލަވަންސް ލިބޭނެ
  • ޑޭޓާ ސިމް އެކްޓިވޭޓް ކުރާ ބޫސްޓާތަކުން 100 ޕަސެންޓް އިތުރު އެލަވަންސް ލިބޭނެ
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް މިމަހުގެ އެކަކުން 30 އަށް އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން 30 ޕަސެންޓް އިތުރު ހިލޭ ޑޭޓާ އެލަވަންސް ލިބޭނެ
  • ޕްރީޕެއިޑް ޑޭޓާ ސިމް އިން މިމަހުގެ އެކަކުން 30 އަށް އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން ތަކުން 30 ޕަސެންޓް ހިލޭ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ
  • މަމެން ކަސްޓަމަރުންނަށް މިހާރު ހިންގަމުންދާ ޕްރޮމޯޝަނުގެ ދަށުން މިމަހުގެ 30ގެ ކުރިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮންތަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ

ދިރާގުގެ ޑޭޓާގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައި މިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ގިނަ ބަޔަކު ގޭގައި ތިބެން ޖެހިފައި ވާތީ ކަމަށް ދިރާގުން ބުނެ އެވެ.