ދިރާގު

މުޅިން އާ ދިރާގު 5ޖީ ޓާބޯ ވައިފައިއާއެކު ބާރު ސްޕީޑްގައި އިންޓަނެޓް

މުޅިން އާ ދިރާގު 5ޖީ ޓާބޯ ވައިފައިއާއެކު ހަލުވި ސްޕީޑްގައި އިންޓަނެޓް މިހާރު ތަޖުރިބާކޮށްލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން އަލަށް ތަޢާރަފްކުރި މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓާބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް މިހާރު 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު 5ޖީ ޓާބޯ ވައިފައި ޑިވައިސްއާއެކު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެ އެވެ.

އެ ގޮތުން ކަސްޓަމަރުންނަށް 5ޖީ ބޫސްޓާތައްވެސް ނެގޭނެ ކަމަށާއި ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މި އާ 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މަޢުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެކަން ދިރާގުން ފާހަގަކުރެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.