ދިރާގު

ދިރާގުން އަންލިމިޓެޑް ހައިސްޕީޑް އިންޓަނެޓްގެ ހާއްސަ ދެ ޕެކޭޖެއް

ދިރާގުން ގޭބިސީތަކަށް ދޫކުރާ ހައިސްޕީޑް އިންޓަނެޓްގެ ހާއްސަ ދެ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ހަސަން ޝާރިހް އާދަމް އާއި މެނޭޖަރު ޖަނާ އިބްރާހިމް ވަނީ މި ޕެކޭޖްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ދިރާގުން މިއަދު ތައާރަފް ކުރި ދެ ޕެކޭޖަކީ 50 އެމް އަންލިމިޑެޓް ޕެކޭޖާއި، 100 އެމް އަންލިމިޓެޑް ޕެކޭޖެވެ. އެގޮތުން 50 އެމް އަންލިމިޑެޓް ޕެކޭޖުގެ އަގަކީ 1490 ރުފިޔާ އެވެ. އަދި 100 އެމް އަންލިމިޓެޑް ޕެކޭޖުގެ އަގަކީ 2800 ރުފިޔާ އެވެ.

"މި ޕެކޭޖުތައް މިއަދުން ފެށިގެން ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ. އެކަމަކު މި ޕެކޭޖުތަކަކީ ހަމައެކަނި ދިރާގުގެ ރެސިޑެންޝިއަލް ކަސްޓަަމަރުންނައް ހާއްސަ ޕެކޭޖުތަކެެއް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ހަސަން ޝާރިހް ވިދާޅުވި އެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ސަޕްރައިޒެއްގެ ގޮތުން 50 އެމްގެ ކަސްޓަމަރުން މިއަދުން ފެށިގެން ވަނީ 50 އެމް އަންލިމިޓެޑް ޕެކޭޖަށް ވެސް އަޕްގްރޭޑް ކުރެވިފަ އެވެ.

މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން ދިރާގު ނެޓްވޯކަށް ރަޖިސްޓާވާ ބޭފުޅުންނަށް ހިލޭ ރައުޓަރާއި ހިލޭ ކަނެކްޝަން ދޭން ހަމަޖެހިފައިވާ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.