ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ހުރިހާ ތަނަކުން އެމްބިއުލާންސް ލިބޭ ގޮތް ހަދަނީ

މާލޭގައި ބޭނުންކުރާ އެމްބިއުލެންސެއް: އެމްބިއުލާންސްގެ މައްސަލަ ވަނީ ބޮޑުވެފައި
0%
0%
0%

ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި ކޮވިޑް ބަލި މީހުން އެމްބިއުލެންސްގައި އުފުލޭ ގޮތް ހަދަން މަސައްކަތް ފަށައިފި އެވެ.

ކޮވިޑް ބަލި މީހުން އެމްބިއުލެންސްގައި އުފުލޭ ގޮތް ހަަދަން ނިންމި އިރު، އެ ބަލި ޖެހުނު އުމުރުން 10 އަހަރުގެ ކުއްޖަކު އުފުލަން އެމްބިއުލާންސްގެ ހިދުމަތް ނުދެވިގެން މިދިޔަ ބުދަ ދުވަހު ވަނީ މަރުވެފަ އެވެ.

ކުޑަކުއްޖާގެ މަރާ ގުޅިގެން އެކަން ތަހުގީގު ކޮށް ހެލްތު މިނިސްޓްރީން ހެދި ރިޕޯޓްގައި ބުނީ އެފަދަ ހާދިސާއެއް ތަކުރާރުވެ ނުދިނުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

ރިޕޯޓްގައިވާ ގޮތުގައި ކޮވިޑް ޖެހިގެން އިމަޖެންސީކޮށް އެމްބިއުލެންސް ހޯދަން ސިއްހީ ހިދުމަތް ދޭ އެއްވެސް ތަނަަކަށް ގުޅައިފިނަމަ އެ ތަނަކުން އެ ފަރާތަކަށް ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލެންސް ފޮނުވަން ޖެހޭ ގޮތަށް އުސޫލުތައް ކަނޑައަޅައި ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުޑަ ކުއްޖާގެ މަރާ ގުޅިގެން އިމެޖެންސީ މެޑިކަލް ސާވިސް ވެސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910