ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށް ދީފި

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާ އެކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި މި މަޝްވަރާތަކަށް ފަހު މިއަަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ފަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް ވެސް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ހައުސިން ލޯނަށް ލުއި ދޭން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް މިއަދުގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާއިރު މި މަހު ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ވަނީ ކުރިން ނިންމާފައެވެ.