އެޑްވަޓޯރިއަލް

ޕްރިވިލެޖް މޯލްޑިވްސްއިން ޔޫރޯ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު

Jun 11, 2021

މިރޭ ފަށާ، "ޔޫއެފްއާ ޔޫރޯ 2020" ގެ ސްކޯ ދިމާ ކޮށްގެން ހާއްސަ އިނާމު ތަކެއް ލިބޭ އޮންލައިން މުބާރާތެއް ޕްރިވިލެޖްޑް މޯލްޑިވްސް އިން ލޯންޗު ކުރަން ނިންމައިފި އެވެ.

ޕްރިވިލެޖްޑް މޯލްޑިވްސް އިން އޮންލައިން ކުރިއަށް ގެންދާ މި މުބާރާތުގައި ސްކޯ ދިމާ ކުރުމުގެ އިތުރުން ސްކޯ ކުރާ ފުރަތަމަ ޓީމު ވެސް ދިމާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މި މުބާރާތުގައި ސްކޯ ރަނގަޅަށް ދިމާ ކުރާ ކޮންމެ ފަހަރަކު ތިން ޕޮއިންޓް އަދި އެންމެ ފުރަތަމަ ސްކޯ ކުރާ ޓީމު ދިމާ ކޮށްފިނަމަ ދެ ޕޮއިންޓް ލިބޭނެ އެވެ. އަދި މުބާރާތް ނިމުމުން އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންގެ މެދުގައި ގުރުއަތުނައި "ޓޮޕް 3 " ހޮވައި ހާއްސަ އިނާމެއް ދޭނެ އެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންގެ މެދުގައި ވެސް ގުރުއަތުނަގައި ހާއްސަ އިނާމެއް ދޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ޕްރިވިލެޖްޑްގެ ވެބްސައިޓް އަށް ވަދެ ފޭސްބުކް އެކައުންޓް ބޭނުންކޮށްގެން ލޮގިން ކޮށްގެންނެވެ. ކޮންމެ މެޗެއްް ފެށުމުގެ 24 ގަޑިއިރު ކުރިން ސްކޯ ދިމާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކޮންމެ މީހަކަށް ވެސް ލިބޭނީ ސްކޯ ދިމާކުރަން އެންމެ ފުރުސަތެކެވެ.

ޕްރިވިލެޖް މޯލްޑިވްސް އިން މި މުބާރާތް ބާއްވަނީ ކޮކާ ކޯލާ އާއި ޕާސަނަލް ކޮމްޕިއުޓާސް އަދި ޗެފް މޯޑް ބަދިގެ، ވަޓްސަބް އަދި ޔޫ ކޮފީ އާއި ގްލޯރިއާ ޖީންސްއާ ގުޅިގެންނެވެ.