ރައީސް މުހައްމަދު ނަޝީދު

ހައްލަކީ ހިލާފުވާ މެންބަރުން ވަކިކުރުން: ނަޝީދު

އެމްޑީޕީ ބައިބައިވާން ޖެހޭ ސަބަބެއް ވިސްނި ވަޑައި ނުގަންނަވާ ކަަމަށާ ޕާޓީގެ އަސާސްތަކާއި ހިލާފުވާ މެންބަރުން ޕާޓީން ވަކި ކުރުމުން މައްސަލަ ހައްލުވީ ކަަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ފޮރުވިގެން" ހުންނަވާ ކުރައްވާ ޓްވީޓްތަކަށް ހާއްސަ "އެލެކްސް އަހުމަދު" ގެ އެކައުންޓުން ކުރެއްވި ޓްވީޓްތަކެއް މެދުވެރިކޮށެވެ.

ރައީސް ނަޝީދުގެ މި ޓްވީޓްގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ތިއްބެވި އެމަނިކުފާނަށް ވަފާތެރި މެންބަރުންނާއި ގައުމީ މަޖިލީހުގައި ތިއްބެވި ވަފާތެރި މެންބަރު އަދި އާއިލީ ބައެއް ބޭފުޅުން ވެސް ވަނީ ރި ޓްވީޓް ކުރައްވާފަ އެވެ.

އެ ޓްވީޓްތަކުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ބައިބައިވާން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަަމަށެވެ. ފިޔަވަޅު އަޅާ ކޮމެޓީގެ ބޭނުމަކީ ޕާޓިގެ އަސާސުތަކާއި ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އެޅުން ކަމަށާ އަދި އެފަދަ މީހުން ޕާޓީން ވަކިކުރުން ކަމަށެވެ.

"އެމްޑީޕީއަކީ މެންބަރުންގެ ޕާޓީއެއް. ކަންކަން ނިންމާނީ މެންބަރުންގެ ވޯޓުން. ގައުމީ މަޖިލީހަކުން ވެސް ނޫން. ޕީޖީ ގުރޫޕަކުން ވެސް ނޫން، މައްސަލަތައް ބޮޑުވުމުން ގްރާސްރޫޓްގައި އޮންނަ ތާއީދުގެ ބާރު ކުރީންވެސް ބޭނުން ކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުގެ ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން ވޯޓް ދިނީ ޕީޖީ ގުރޫޕްގެ އެސްޖީ ލޮބީ ކުރެއްވުމުން ކަމަށާ އެއީ އެމްޑީޕީގެ އަސާސާއި ހިލާފު ކަންކަން ކަމަށެވެ. އަދި އެމްޑީޕީއަކީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުގެ ތަޖުރިބާ ދިރާސާކޮށް އެކުލަވާލި ޕާޓީއެއް ކަމަށާ ހާއްސަ ގޮތެއްގައި ސައުތު އޭޝިޔާގެ ޕާޓީތައް ދިރާސާ ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި އޮޑިއެއް ނުފެތޭނެ. މިއަޒުމެއް ނުގުނޑާނެ،" ކުރީން ވެސް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައި ވެއެވެ.

އިތުރު ޓްވީޓެއްގައި ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން މިރޭ ކުރެއްވި ޓްވީޓަށް ތާއީދު ކުރައްވާފަ އެވެ.

ހަސަން ވިދާޅުވީ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވީ ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި އެ ނޫން ވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން "ފޫކަހަން" ފެށުމުން ކަމަށެވެ.

"ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ، ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީ [އެމްޑީޕީ] އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ،" ހަސަން ވިދާޅުވިއެވެ

ވިދާޅުވީ ޕާޓީގެ ޗެއާޕާސަން ވިދާޅުވަނީ ރަނގަޅަށް ކަމަށެވެ. ސަރުކާރުން ބޭނުންވީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި މަރުތަކުގެ މައްސަލަތައް އަނބުރާލަން ކަމަށާ އެކަން ކުރަން އެމްޑީޕީގެ ގިނަ މެންބަރުން ބޭނުން ނުވާ ކަމަށެވެ.

"އެހެންވީމަ ޕާލިމަންޓްރީ ގުރޫޕްގެ ސެކްރެޓަރީ ޖެނެރަލް އެ މަގަށް ލޮބީ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި،"

ނަޝީދުގެ މި ޓްވީޓް ރި ޓްވީޓް ކުރެއްވި އެ ޕާޓީގެ ދުވަސްވީ މެންބަރުންނާއި ސީނިއާ ބައެއް މެންބަރުން ވަނީ މިއީ އެމްޑީޕީ ބައިބައިވުމުން އިތުރު ޕާޓީއެއް އުފައްދަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތަކީ ރާއްޖެއަށް ރަނގަޅު އިދިކޮޅު ޕާޓީއެެއް ބޭނުންވާ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.