އިމްޕޯޓް އެކްސްޕޯޓް

އިންޑިއާ މުދާ އިތުރުވެ، އިމްޕޯޓަށް 105 ޕަސެންޓުގެ ކުރިއެރުން

Jun 15, 2021
2

އިންޑިއާއިން ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވެ، މިދިޔަ މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 105 ޕަސެންޓަށް އުފުލިއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖެއަށް އިމްޕޯޓް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާނަމަ 105 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު މި އަހަރުގެ މެއި މަހު މަހު މި އަދަދު ވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމު ތަކަކީ އިންޑިއާ އާއި އޮމާން އަދި ޔޫއޭއީ އެވެ. އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް 449 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެ އެވެ. އަދި އޮމާން އިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 377 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

އެންމެ ގިނައިން އިމްޕޯޓް ކުރި ގައުމުތައް

  • އިންޑިއާ 15 ޕަސެންޓް
  • އޮމާން 14 ޕަސެންޓް
  • ޔޫއޭއީ 12 ޕަސެންޓް
  • ޗައިނާ 12 ޕަސެންޓް
  • ސިންގަޕޫރު 11 ޕަސެންޓް

އިމްޕޯޓް އިތުރުވުމުގެ ސަބަބުން މި ސެކްޓާ އިން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން މަތިވެފަ އެވެ. މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 104 ޕަސެންޓް އިތުރެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މި އަހަރުގެ މި އަހަރުގެ މެއި މަހު މި މިއަދަދު ވަނީ 238 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މިދިޔަ މަހު މުދާ ހިފައިގެން 101 އުޅަނދެއް އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އައީ 80 އުޅަނދެވެ. މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 1,096,550.20 ރުފިޔާ ލިބިފައިވެ އެވެ.

އެކްސްޕޯޓް 90 ޕަސެންޓް

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް އިތުރުވި ނަމަވެސް މުދާ ބޭރު ކުރި ނިސްބަތް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު 333 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިނަމަވެސް މި އަހަރު މި އަދަދު އުޅެނީ 117 މިލިއަން ރުފިޔާގަ އެވެ. މިއީ 91 ޕަސެންޓުގެ އިތުރު ވުމެކެވެ. މިދިޔަ މަހު ވެސް އެންމެ ގިނައިން މުދާ ބޭރުކުރީ ރާއްޖޭން މަސް އެކްސްޕޯޓް ކުރާ ތައިލެންޑް އަށެވެ. ރާއްޖޭގެ އެކްސްޕޯޓުގެ 80 ޕަސެންޓް އެގައުމަށް ހިއްސާ ކުރިއިރު ދެން ހިމެނެނީ ޖަރުމަނު ވިލާތާއި އިނގިރޭސިވިލާތް އަދި ނެދަލޭންޑް އެވެ.