އިމްޕޯޓް އެކްސްޕޯޓް

ޑިސެމްބަރު އިމްޕޯޓް: ތެޔޮ 800 މިލިއަން، ކާބޯ ތަކެތި 900 މިލިއަން

ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތް ކަމަށްވާ ކާޑު: މިދިޔަ މަހު 900 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި -- ފޮޓޯ: އަވަސް
0%
0%
0%

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އަށް 816 މިލިއަން ރުފިޔާގެ ތެލާއި 935 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. އެގޮތުން ސިނގިރޭޓާއި ޓޫރިޒަމް ބޭނުމަށް އެތެރެކުރާ ބައެއް ބާވަތްތައް ނުލައި ބެލިނަމަވެސް ކާބޯތަކެތީގެ ގޮތުގައި ރާއްޖެ އަށް އެތެރެކުރި މުދަލުގެ އަގު 935 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެންމެ ގިނައިން އެތެރެކުރި ބާވަތްތައް

  • މެކޭނިކް އަދި އިލެކްޓޯނިކްސް ސާމާނު - 777 މިލިއަން
  • ކެމިކަލްގެ ބާވަތްތައް - 319 މިލިއަން
  • މެޓަލް - 240 މިލިއަން
  • އުޅަނދު ފަހަރާއި މަތިންދާ ބޯޓުގެ ސާމާނު - 122 މިލިއަން
  • ޕްލާސްޓިކާއި ރަބަރު ފަަދަ ތަކެތި - 121 މިލިއަން
  • ލަކުޑި ފަދަ ތަކެތި - 114 މިލިއަން

މީގެ އިތުރުން ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހު 18 މިލިއަން ރުފިޔާގެ ސިނގިރޭޓުވެސް އެތެރެކޮށްފައިވެ އެވެ. މީގެ އިތުރުން 20 މިލިއަން ރުފިޔާގެ އެނާޖީ ޑްރިންކް އާއި ޓޫރިޒަމް ބޭނުމަށް ބޭނުން ކުރާ ބައެއް ބުއިންތައް އަދި މަހުގެ ބާވަތްތައް އަދި ސިނގިރޭޓު ހިމެނޭ ގޮތަށް 69 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މިދިޔަ މަހު ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ އާމްދަނީ ވަނީ 78 ޕަސެންޓް މައްޗަށް ޖެހިލާފައިވާފަ އެވެ. މިދިޔަ މަހަށް ބަލާނަމަ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެ ކުރަނީ ޔޫއޭއީއިން ނެވެ. އެ ގައުމުން 713 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 575 މިލިއަން ރުފިޔާ އަދި އިންޑިއާއިން 504 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މީގެ އިތުރުން އޮމާން އިން 487 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ސިންގަޕޫރުން 428 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910