ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: މާލެއިން 111، އަތޮޅުތަކުން 105

ރާއްޖެއިން އިތުރު 224 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 70،897 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 111 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 105 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 8 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 8155 މީހުންނެވެ. މިހާތަނަށް 62،533 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 79 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. ހަތަރު މީހަކު އޮތީ އައިސީޔޫގަ އެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ދަރުމަވަންތަ 17 ގައި ފަސް މީހެއް އަދި 16 ވަނަ ފަންގިފިލާގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހިޔަލަ ވިންގުގައި ހަ މީހެއް އަދި ޕްރައިވެޓް ވޯޑްގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭޑީކޭގަައި ވެސް ހަތަރު މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 198 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދު މީހަކު މަރުވެފައެއް ނުވެއެވެ.