ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި އޮތީ 63 ރަށެއް

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން މިވަގުތުވެސް 63 ރަށަކަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގައި އެބައޮތް ކަމަށް އެ އެެޖެންސީން ބުނެފި އެވެ.

ކޮވިޑްގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެ ކޮވިޑް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތީގައި ހުރުމަށް ފަހު މިދިޔަ ހަފްތާއެއްހާ ދުވަހު ވަނީ ނަންބަރުތައް ދަށްވާން ފަށާފައެވެ އަދި ބަލީގައި މަަރުވާ މީހުންގެ އަދަދުވެސް ވަނީ މަދުވެފައެވެ. މިދިޔަ ދުވަސްތަކުގައި ގިނަ ރަށްތަކަކުންވެސް ކޮވިޑް ކޭސްތައް ފެނި އެ ރަށްރަށް އެޗްޕީއޭގެ މޮނިޓަރިންއަށް ވަނީ ގެނެސްފައެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ 63 ރަށެކެވެ. އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ލ. ގަމާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި އއ. ރައްދޫ އާއި އައްޑޫ ސިޓީ އާއި ފ. ފީއަލީ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި ލ. މާވަށް އަދި ފުވައްމުލަކު ސިޓީ އާއި ރ. ހުޅުދުއްފާރާއި ގދ. ގައްދޫ އާއި ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އއ. ފެރިދޫ އާއި ށ. ކަނޑިތީމުގެ އިތުރުން ގއ. ދާންދޫ އެވެ.

މީގެ އިތުރުން ޅ. ހިންނަވަރާއި ގއ. ގެމަނަފުއްޓާއި ދ. ބަނޑިދޫ އާއި ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫ އާއި ވ. ކެޔޮދޫ އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިގިއްޔާއި ލ. ކަޅައިދޫ އާއި ނ. މިލަދޫ އާއި ކ. ދިއްފުއްޓާއި ލ. މާމެންދޫ އާއި ކ. ގާފަރާއި ނ. ލަންދޫ އާއި ފ. ބިލެއްދޫ އާއި ޅ. އޮޅުވެލިފުއްޓާއި މ. މުއްޔާއި ތ. ހިރިލަންދޫ އާއި ތ. ކިނބިދޫ އާއި މ. މުލަކާއި ލ. ހިތަދޫ އާއި ތ. ބުރުންޏާއި ހދ. ނޭކުރެންދޫ އާއި ރ. އަލިފުއްޓާއި އދ. އޮމަދޫ އާއި އއ. ތޮއްޑޫ އާއި ރ. ދުވާފަރާއި ކ. ހުރާގެ އިތުރުން ނ. ވެލިދޫ އާއި ބ. ކެންދޫ އާއި ގދ. ފަރެސްމާތޮޑާ އާއި ރ. އުނގޫފާރާއި ޅ. ކުރެންދޫވެސް އޮތީ މޮނިޓަރިންގައެވެ.

އަދި ރ. މީދޫ އާއި ހދ. މަކުނުދޫ އާއި ރ. ފައިނާއި އދ. ދަނގެއްޗާއި ހދ. ހަނިމާދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ގއ. ކޫޑޫ އާއި ގއ. މާމެންދޫ އަދި ގއ. ކޮލަމާފުށިވެސް މިހާރު އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.