ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ދަށަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ކޮވިޑްގެ އެންމެ ހާލަތު ގޯސް ދުވަސްތަކުގައި 200 އިން މަތީގައި އެެޑްމިޝަން ހުރި ނަމަވެސް މިހާރު އެ ނަންބަރު ވަނީ 100 އިން ދަށަސް ގޮސްފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 79 މީހަކަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މިހާރު ވަނީ ދަށަށް ގޮސްފައެވެ. މީގެ ކުރިން ހާހުން މަތީގައި ހުރި ނަންބަރު ވަނީ 250 އިން ދަށަށް ގޮސްފައެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވްވީ 241 މީހެކެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 90 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 143 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް ހަ މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 7،747 މީހުންނެވެ. މިހާތަނަށް 63،180 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.