ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 70 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްގައި މިއަދު 5:44 ގައި މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަަށް ފަރުވާދޭ ޑީއެޗް11 ގައި އޮތް މީހެކެވެ.

މިއަދުގެ މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 201 އަށް އަރާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސްދުވަހުގެ ތެރޭގައި 71،138 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިވަގުތު 67 މީހަކަށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.