ހައުސިން މިނިސްޓްރީ

ހާބަރާއި ކާނިވަލުން ބިން ދޫ ނުކުރަން އޭސީސީން އަންގައިފި

Nov 15, 2015

ހާބަރު ސަރަހައްދުންނާއި ކާނިވަލު ސަރަހައްދުން ކެފޭ އަދި ރެސްޓޯރަންޓު ހިންގަން ބައެއް ބިން ކުއްޔަށް ދޭން ހައުސިން މިނިސްޓްރީން ކުރި އިއުލާން ބާތިލް ކުރަން އޭސީސީން އަންގައިފި އެވެ.

މި އެންގުން އައީ އޭސީސީގެ ބަޔާނަކުންނެވެ. އެ ބަޔާނުގައި ބުނަނީ އޭސީ މާލޭ ހުޅަނގު ދެކުނު ހާބަރާއި ކާނިވަލު ސަރަހައްދުން ކެފޭ އަދި ރެސްޓޯރަންޓު ހިންގަން ހައުސިން މިނިސްޓްރީން ކުރި އިއުލާނު ކުރުމުން ބެލި ހަމަޖައްސާފައި އޮތް އުސޫލަށް ބެލި އިރު ހިޔާނާތަށް މަގުފަހިވާގޮތަށް ކަންކަން ހުރިކަން ފާހަގަ ކުރެވުމުން އެކަން ބަލައިފާނެ ކަމަށާއި އެއީ ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދު ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ގޮތެއް ކަމަށެވެ.

މިނިސްޓްރީން ބިންދޫކޮށްފައި ވަނީ މިދިއަ މަހުގެ 27 ވަނަ ދުވަހު އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ބިންތަކުގެ ކުލި ކަނޑައަޅުއްވާފައިވިޔަސް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމުގެ ގަވާއިދު ގެ ތިން ވަނަ މާއްދާގެ (ށ) އާއި މިނިސްޓްރީޏް ގެޒެޓުކުރައްވާފައިވާ އުސޫލުގެ 12 ވަނަ މާއްދާއާ ޚިލާފުކަން މި ކޮމިޝަނަށް ފާހަގަވާ ކަމަށާއި ހަރުދަނާ މިންގަނޑުތަކެއް ނެތި ގުރުއަތުން ހޮވޭ ފަރާތަކަށް ބިންދޫކުރަން ނިންމާފަައި އޮތުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.