ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހިގެން ފުވައްމުލަކު ކައުންސިލަރަކު ހައްޔަރުކޮށްފި

Nov 15, 2015

ކުޑަ އަންހެންކުއްޖަށް ޖިންސީ ގޯނާ ކުރި ކައުންސިލަރަކު ޏ. ފުވައްމަލަކުން ހައްޔަރުކޮށްފި އެވެ. އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަމް ކައުންސިލްގެ މެންބަރެއް ކަމަށްވާ އަލީ ޝަޒީން މުހައްމަދެވެ.

މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނީ ފުވައްމުލަކުގައި 28 އަހަރުގެ މީހަކު މިއަދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރު ކުރީ 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަިއ ކަމަށެވެ.

އެއީ ކައުންސިލަރެއް ކަމެއް ފުލުހުން ސާފުކޮށެއް ނުދެ އެވެ. ނަމަވެސް އިތުރަށް އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.