ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދުބާއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.
ރައީސް ސޯލިހް މިދިޔަ ހޯމަ ދުވަހު ދުބާއީ އަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާ ގުޅިގެންނެވެ.
ރައީސްގެ ކޮއްކޯފުޅު އަހްމަދު އަވަހާރަވީ ކެންސަރު ބައްޔަށް ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެެއްގަ އެވެ.