އެޗްޑީސީ

ހުޅުމާލޭގެ ހުރިހާ ސަރަހަދެއްގައި ސީސީޓީވީ ނެޓުވޯކެއް ގާއިމްކުރަނީ

Jun 25, 2021

ރައްކާތެރި މާހައުލެއް އޮތް މުޖުތަމައުއެއްގައި ދިރިއުޅުމަކީ ކޮންމެ ފަރުދެއްގެ ވެސް ވަރަށް ބޮޑު ހުވަފެނެކެވެ. ރައްކާތެރިކަމުގެ އިހުސާސްކުރެވިގެން ދިރިއުޅެވޭ އަދި އަބަދުމެ ފުލުހުން ފޯރިމަރަން ނުޖެހޭހާ ރައްކާތެރި ސިޓީއެއްގައި ދިރިއުޅެން ބޭނުންވެ އެވެ. ހަގީގަތުގައި ކަމާ ބެހޭ ފަރާތްތަކަށް އިންސާނީ ވަސީލަތްތަކުގެ ދަތިކަމަށްވުރެ ބޮޑަށް ކުރިމަތިވަނީ ޓެކްނޮލޮޖީގެ ދަތިކަމެވެ. ވީޑިއޯ ސަވެއިލަންސް ފަދަ ވަސީލަތްތަކުގަ ވަރަށް ބައިވަރު މައުލޫމާތާއި ޑޭޓާ އެކުލެވިގެންވި ނަމަވެސް ގިނަ ފަހަރު ވީޑިއޯ ފުޓޭޖް ބަލާ ރިވިއު ކުރާ ފަރާތްތަކަށް މައުނަވީ ގޮތެއްގައި ޑޭޓާ ދޭހަނުކުރެވި ދެ އެވެ.

ފަހުގެ ހޯދުން ތަކަށް ބަލާލާއިރު ސްމާޓް ޓެކްނޮލޮޖީސް ބޭނުންކުރާ ތަންތަނުގަ ކުށްކުރާ މިންވަރު 30 ޕަސެންޓާއި 40 ޕަސެންޓަށް ދަށްވާކަމަށް ދައްކަ އެވެ. އަދި ކުއްލި ހާލަތްތަކުގައި ފިޔަވަޅުއެޅޭ ވަގުތު 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދު އަވަސްދެ އެވެ. ވީޑިއޯ އެނަލައިސް ކުރާ ޓެކްނޮލޮޖީގެ އެހީގައި ވީޑިއޯ އިން ފެންނަ މަންޒަރު ތަކުން މީހުނާއި ތަކެތި ވަކިކޮށް ދެނެގަނެވެ އެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަކީ އެޗްޑީސީ އިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި މަޝްރޫއު ގެ ދަށުން މުޅި ހުޅުމާލެ ސިޓީގައި މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީޓީވީ ވިއުގައެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވަރކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފަ އެވެ.

ކުރިމަގުގައި ގްރޭޓާ މާލޭގެ އެހެން ސަރަހައްދުތައްވެސް މި ވިއުގައިން ގުޅާލުމަށްވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއު ފެށިގެން ދާނީ ހުޅުމާލެ ފޭސް ދޭއް ގައި ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުންނެވެ. އެއައްފަހު ހުޅުމާލެގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭން އަށް ބިނާކޮށް ސީސީޓީވީ ވިއުގަ ވެސް ގާއިމްކުރެވެމުން ދާނެ އެވެ.

މި ވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެއެވެ. ނުވަ ގައުމެއްގައި ހެދިފައިވާ ދިރާސާ އިން ދައްކާގޮތުގައި ސީސީޓީވީ ހުރުމުން ފާހަގަކޮއްލެވޭ ވަރަށް ކުއްކުރާ މިންވަރު ދަށްވެގެން ދެއެވެ. އަދި ވީޑިއޯ ސަވައިލެންސް ހުންނަ ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތައް 20 ޕަސެންޓް މަދުކަން ވެސް ފާހަގަކުރެވެ އެވެ. ސީސީޓީވީ ހުންނަ ތަންތަނަކީ ރައްކާތެރި ތަންތަންކަމުގައި މީހުން ދެކި އާންމު ތަންތަން ފުރިހަމަ ގޮތުގައު ބޭނުންކުރާވަރު އިތުރުވެއެވެ.

އެޗްޑީސީގެ ހާމަކުރި ގޮތުގައި ފޭސް އެއް ގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރެވިގެންދާނެ އެވެ. މި މަޝްރޫއުގައި ސީސީޓީވީ ގެ އިތުރުން ގާއިމް ކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެގެން ދާނެ އެވެ. އަދި ހިނގާ ހާދިސާތައް ދެނެގަތުން އަވަސްވެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެގެންދާނެ އެވެ.