އެޗްޑީސީ

އެޗްޑީސީ އަށް 20 އަހަރު: ހުޅުމާލެ އާ މަގަކަށް

Apr 1, 2021
1

ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން ހުޅުލެ ފަޅު ހިއްކައިގެން ސަރަހެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޮކްޓޫބަރު 16، 1997 ގަ އެވެ. އެ ދުވަހު ފެށި މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ޔުނިޓެއްގެ ގޮތުގައި އެޗްޑީސީ އުފެއްދިގެން ދިޔަ އެވެ. އަދި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި މިހާރު ހިންގަމުންދާ ބޮޑު މި ކުންފުނި އުފެދުނުތާ މިއަދަށް މިވަނީ 20 އަހަރު ފުރިފަ އެވެ.

ޔުނިޓެއްގެ ގޮތުގައި ފެށި ހުޅުމާލޭގެ ބިން ހިއްކުމާއި މީހުން އާބާދު ކުރުމުގައި މުހިއްމު ރޯލެއް ކުޅުނެވެ. ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކައް ބޭނުން ވާނެ ގިނަ އަސާސީ ހިދުމަތްތަކާއި އެހެނިހެން ބޭނުންތައް ގާއިމު ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަކެވެ.

ހުޅުމާލެއަކީ މުޅި ރާއްޖޭގައި ވެސް އަބަން ސިޓީއެއްގައި ހުންނާނެ ކުލަވަރު ޖެހިފައިވާ ހަމައެކަނި ރަށެވެ. އެތައް ފަންތި އަކަަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ ޕްރޮޖެކްޓް ތަކެއް މިހާރު މި ރަށުގައި ދަނީ ހިންގަމުންނެވެ. އެޗްޑީސީގެ މިހާރުގެ ވިސްނުމާއި މިސްރާބު ހުރީ ހަމައެކަނި އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓް ތަކެއް ހިންގުމުގެ ބަދަލުގައި ހިންގޭ ގިނަ ޕްރޮޖެކްޓްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ފައިދާ ވާނެ ގޮތްތައް ބަލާ ޕްރޮޖެކްޓްތައް ހިންގުމަށެވެ. ވިޔަފާރިކުރުމުގެ ފުރުސަތުތަކުގައި ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އަގެއް ކަނޑައަޅާ އަހައްމިއްޔަތުކަން ދިނުމެވެ.

އެ ކުންފުނިން މަސައްކަތް ކުރަނީ ކުރިމަގުގައި ހިންގެން ހުރި ބޮޑެތި މަޝަރޫއުތަކަށް ބަލާއިރު، ފުރިހަމަ އިންޓަގްރޭޓަޑް ޓޫރިޒަމް އައިލެންޑެއް ފޭސް ދޭއްގައި ގާއިމު ކުރުމުން މި ސަރަހައްދުގައި އެތައް ހާސް ވަޒީފާގެ ފުރުސަތު ތަކެއް ފަހިވެ ޓޫރިޒަމް ދާއިރާ އަށް އެތައް ފަހި ދޮރު ތަކެއް ހުޅުވައިދިނުމެވެ.

މުޅި ހުޅުމާލެ ސްމާޓް ސިޓީއެއްގެ ކުލަ ޖެއްސުމަށް އޯޕަން އެކްސެސް ނެޓްވޯކްއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން ދިއުން، މީގެ ސަބަބުން ޓެލެކޮމިއުނިކޭޝަން ދާއިރާގައި އުޅޭ ހުރިހާ ފަރާތްތަކަށް ހިދުމަތްތައް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިފަ އެވެ. ހިދުމަތްތަކުގެ އަގު ކުޑަ ވެގެން ދިއުމެވެ. އަދި އެއް ފައިބާ ނެޓްވޯ ކަކުން ރައްޔިތުން ނަށް ބޭނުންވާ ހިދުމަތްތަކެއް ލިބިގެން ދިއުމެވެ. މި މަޝްރޫއުގެ އަމަލީ ގިން މަސައްކަތްތަކެއް މިހާރުވެސް ފޭސް ދޭއް ގައި ދަނީ ކުރެވެމުންނެވެ.

އެޗްޑީސީގެ އަމާޒަކީ ލާމަރުކަޒީ ކޮށް ރާއްޖެ ތަރައްގީކުރުމުގެ ބައިވެރިއަކަންވުމެވެ. ސަރުކާރާއި ގުޅިގެން އެ ސިޔާސަތު ތަންފީޒުކުރުމަށް 20 އަހަރުގެ ތަޖުރިބާގެ އަލީގައި ފަންނީ އެހީތެރިކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް "ބިޔޯންޑް ހުޅުމާލެ" ގެ ނަމުގައި ވަނީ މަސައްކަތް ތަކެއް ފެށިފަ އެވެ