ހަބަރު

އާރުއޯއެލްއިން ވެސް އިންޓަނެޓް އަގުހެޔޮކުރަނީ

އިންޓަނެޓް އަގު ހެޔޮ ކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް ރާއްޖެ އޮންލައިން (އާރުއޯއެލް) އިން ވެސް އިންޓަނެޓް އަގުހެޔޮ ކުރަން ނިންމައިފި އެވެ.

އާރުއޯއެލްއިން ބުނީ އިންޓަނެޓް އަގު ހެޔޮކޮށް ޕެކޭޖްތަކަށް ބަދަލު ގެެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާރުއޯއެލް އިން މިހާރު ފޯރުކޮށްދޭ ޕްލޭންތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެއާއެކު ކަސްޓަމަރުން އުފާވާނެ ފަދަ ތަފާތު ބަދަލުތަކެއް ތައާރަފު ކުރާނެ އެވެ.

އެ ބަދަލުތައް އަންނަ މަހުގެ ތެރޭގައި ފެންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ނެވެ. އެގޮތުން ގޭގެއަށް މިހާރު ދޭ އިންޓަނެޓުގެ ތިން ޕެކޭޖެއްގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު އަގު ހެޔޮ ދެން އަގުހެޔޮ ވާނެޗއެވެ. އަދި ޕެކޭޖް ހުސްވުމުން ދެން އިންޓަނެޓް ލިބޭ ސްޕީޑް ވެސް ދަށެއް ނުކުރެވޭނެ އެވެ. އެއާއެކު 300 ރުފިޔާއިން މަތިން ޕެކޭޖް ނަގާނަމަ ޕެކޭޖް ހުސްވުމުން ވެސް އެންމެ ދަށްކޮށް ފަސް އެމްބީޕީއެސްގައި އިންޓަނެޓް ފޯރުކޮށް ދޭން ޖެހޭނެ އެވެ.

އިންޓަނެޓް ސްޕީޑަށާއި އަގަށް ގެނައި ބަދަލު

  • ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
  • 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
  • 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް