އުރީދޫ

އުރީދޫ އިންޓަނެޓު ހިމަންދޫއަށް

Jun 28, 2021

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އއ. ހިމަންދޫއަށް ދޫކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި ހިމަންދޫއަށް ނެޓް ދޫކޮށްފައިވާއިރު ފުރަތަމަ ހިދުމަތް ނަގާ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ދޭނެ އެވެ. މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ މީހުނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް އެއް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބޭނެ އެވެ.

"ޕެންޑެމިކްއާއެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް މި އަހަރު ތެރޭގައި އާ ހަތް ރަށަކަށް ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމީ އަޅުގަނޑުމެން އުފާ ކުރާކަމެއް. ހަމަ އެހެންންމެ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑާއި ސުޕަނެޓްގެ ހިދުމަތް އއ. ހިމަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.