ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދޭން ސަރުކާރުން މަސައްކަތް ނުކޮށްދޭ ކަމަށް ބުނެ ރެސްޓޯރެންޓް އެސޯސިއޭޝަނުން އަޑުއުފުލައިފި އެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަންގެ މެންބަރުން މިއަދު ވަނީ ކާނިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އަޑުއުފުލާފަ އެވެ. މި އަޑުއުފުލުގައި ވާހަކަ ދެއްކި ކެފޭ/ ރެސްޓޯރަންޓްތަކުގެ ވެރިން ވަނީ އެ މީހުންގެ ވިޔަފާރިތައް މުޅީން އިނދަޖެހި ބަނގުރޫވުމާއި ހަމައަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަންކަން ހައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ރައީސް ހާމިދު އަފީފް އަވަސް އަށް ވިދާޅުވީ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ކަންބޮޑުުވުމާ އާދޭސް ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެހީތެރިކަން ނުލިބި އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުން ހަމައެކަނި ދެނީ ޓޭކްއަވޭގެ ހިދުމަތް އެކަންނެވެ. އެހެންކަމުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.
ކެފޭ ރެސްޓޯރެންޓްތަައް ލިބޭ ގެއްލުންތައް ކުޑަކުރަން އެ ފަރާތްތަކަށް ބަދަލު ދޭން ވެސް މަޖިލީހަށް މީގެ ކުރިން ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމީ އެ ފަރާތްތަކަށް ބަދަލު ނުދޭ ށެވެ.