ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮތައިފަރުގެ ޕޮޒިޓިވް ނަންބަރު 136 އަށް

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރ. ކޮތައިފަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 136 އަށް އަރައިފި އެވެ.

އެ ރަށުން އެންމެ ފުރަތަމަ ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 112 މީހަކު ޕޮޒިޓިވްވިއެވެ.

މިއަދުވެސް އެ ރަށުން ވަނީ 24 މީހަކު ޕޮޒިޓިވްވެފައެވެ.

ކޮތައިރަފަކީ މީގެ ދެތިން އަހަރު ކުރިން ފެށިގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ރަށެކެވެ.

މީގެ އިތުރުން ކ. ގަލްފް ލެގޫން އިންވެސް ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 155 މީހެކެވެ. އެއީ މާލެއިން 28 މީހަކާއި އަތޮޅުތަކުން 70 މީހެކެވެ. އަދި ރިސޯޓްތަކުން 31 މީހަކު ޕޮޒިޓިވްވިއެވެ.