މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އެގާރަ އަތޮޅަކަށް މޫސުމީ އިންޒާރު

Jul 2, 2021

ރާއްޖޭގެ މޫސުން ގޯސްވެ އެގާރަ އަތޮޅަަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ މިރޭ 10 ޖެހުމާއި ހަމައަށް ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ކަނޑުދަތުރުކުރާ މީހުން ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ޖޫން/ޖުލައި އަކީ އާންމުކޮށް ރާއްޖޭގައި މޫސުން ގޯސް ދުވަސްވަރެކެވެ. އިއްޔެ އާއި މިއަދު މާލެއަށްވެސް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވެއެވެ.