އެޑްވަޓޯރިއަލް

އައިކެއަރއިން ލޮލާ ގުޅޭ ފެންވަރުގެ ހިދުމަތްތައް

Jul 3, 2021

ރާއްޖޭގައި އެންމެ ފުރަތަމަ ލޮލާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭން ފެށީ އައިކެއަރ އޮޕްޓިކަލްސް އިންނެވެ. ހިދުމަތުގައި 18 އަހަރު ވެފައިވާއިރު މިއީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. ތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، އޮޕްޓިޝަނުން އަދި ޓެކްނީޝަނުންނަކީ ކަމުގެ ތަޖުރިބާ ހުރި އެކަމުގެ މާހިރުންނެވެ. މިގޮތުން ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނަތީޖާއަކަށް ވެފައި ވަނީ ކަސްޓަމަރުންގެ އިތުބާރާއި ލޯބި ތަނަލަށް ލިބިފައި ވުމެވެ.

އައިކެއަރ އިން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވޮރެންޓީ ޕްރޮގްރާމްތަކެވެ. މި ފްރޮގްރާމްގެ ދަށުން އައިކެއަރ އިން ފޯރުކޮށްދޭ ނަންބަރު އައިނާއި ކޮންޓެކްޓް ލެންސަށް ވޮރެންޓީ ލިބޭނެ އެވެ. ނަމްބަރު އައިނާއި ކޮންޓެކްޓް ލެންސްގައި އެއްވެސް މައްސަލައެއް އުޅޭނަމަ ހިލޭ ބަދަލުކޮށްދޭނެ އެވެ. އަދި އައިނުގެ ދުނިގަނޑުގައި ވޮރެންޓީ ދޭ މުއްދަތުގެ ތެރޭގައި މައްސަލައެއް ޖެހެއްޖެނަމަ ބަދަލުކޮށްދޭނެ އެވެ.

އައިކެއަރ އޮޕްޓިކަލްގެ އަމާޒަކީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދީ ކޮލެޓީ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. މި ސަބަބުތަކަށްޓަކައި އައިކެއަރ އޮޕްޓިކަލް އިން ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަގަޅު ހިދުމަތްތަކެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެކުންފުނިން ދެއެވެ.

އައިކެއަރ އޮޕްޓިކަލް އިން އެޕޮއިންޓްމެންޓް ހެއްދުމަށާއި ގުޅުންހުރި ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ވެބްސައިޓަށް ޒިޔާރަތްކޮށްގެން ހިދުމަތްތައް ލިބޭނެ އެވެ.