އައި ކެއާ

އައިކެއާގެ ރޯދަ ސޭލް ފަށައިފި

Apr 19, 2022

އައިކެއާ އޮޕްޓިކަލްސް އިން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިކެއާ އިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން އައިކެއާ އިން ކުރާ ކޮންމެ ވިޔަފާރިއަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ހާއްސަ ބްރޭންޑްތަކުން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އައިކެއާގެ ރޯދަ ސޭލް ފަށައިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އައިކެއާ އިން ބުނެ އެވެ.

އައިކެއާ އިން މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައިނާއި ކޮންޓެކްޓް ލެންސް، ލޮލުގެ އެގްޒަމިނޭޝަންތައް ހެދުމުގެ އިތުރުން ކޯޕަރޭޓް އައި ސްކްރީނިން ޕްރޮގްރާމް ހިންގަ އެވެ. އަދި ލޮލު ފޮރުވާއަށް ބޭނުންވާ ސާޖަރީ ހެދުމުގެ ހިދުމަތް ވެސް ލިބެ އެވެ.