އައި ކެއާ

ހަކުރުބަލީގެ ސަބަބުން ލޯ އަނދިރި ވެދާނެތަ؟

Nov 27, 2021

ނޮވެމްބަރު މަހަކީ ދުނިޔޭގައި ފާހަގަކުރަމުންދާ ހަކުރު ބައްޔަށް ހޭލުންތެރި ކުރުމުގެ މަހަށްވާއިރު، މި ބަލީގެ ނުރައްކަލުގެ ވާހަކަތަކުގެ ތެރެއިން އާންމުކޮށް ނުދެކެވޭ އެތަކެއް ވާހަކައެއް އެބަހުއްޓެވެ. މި ފަދަ މައުލޫމާތުތަކަކީ ފުރާނަ ސަލާމަތްކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް އެނގުން ވަރަށް މުހިންމު މައުލޫމާތުތަކެކެވެ.

ހަކުރުބަލީގެ ނުރައްކާތަކަށް ނަޒަރު ހިންގައިލާއިރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ބަލީގެ ސަބަބުން އިންސާނާގެ އެންމެ ނާޒުކު އެއް ގުނަވަން ކަމުގައިވާ ލޮލަށް ލިބޭ ގެއްލުންތަކެވެ. ހަކުރުބަލީގެ ސަބަބުން "ޑައިބެޓިކް އައިޑިޒީސަސް" ނުވަތަ ލޮލުގެ މައްސަލަތަކެއް ޖެހެ އެވެ. އޭގެ ތެރޭގައި ޑައިބެޓިކް ރެޓިނޮޕަތީ، ޑައިބެޓިކް މެކިއުލާ އެޑީމާ، ކެޓެރެކްޓްސް އަދި ގްލޯކޯމާ ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ހަކުރުބަލި ތަހައްމަލްކުރަމުންދާ ދޮށީ އުމުރުގެ މީހުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކެއްގެ މިފަދަ ބަލިތަކުގެ ނިޝާންތައް ހުރެ އެވެ. އަދި މީގެ ތެރެއިން އެންމެ އާންމު ބައްޔަކީ ޑައިބެޓިކް ރެޓިނޮޕަތީކަން ފާހަގަވެ އެވެ. މިފަދަ ބަލިތައް އެންމެ ނުރައްކާވާ އެއް ސަބަބަކީ ބަލީގެ ކުރީކޮޅު ބަލިޖެހިފައިވާ ކަން އަމިއްލައަށް ދެނެގަންނާނެ އެއްވެސް ނިޝާނެއް ފެންނަން ނެތުމެވެ. އަދި ޑައިބެޓިކް ރެޓިނޮޕަތީގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް މަހުރޫމުވުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

މާބަނޑު ދުވަސްވަރު ޖެހޭ ހަކުރުބަލީގައި ޑައިބެޓިކް އައިޑިސީސް ޖެހުމުގެ ފުރުސަތު ނެތްކަން ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، ޓައިޕް އެކެއް އަދި ދެއަކުން ޑައިބެޓިކްސްގެ ސަބަބުން މިފަދަ ބަލިތަކަށް މަގުފަހިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މި ބަލި ދެނެގަތުމަށްޓަކައި ހަކުރުބަލި ތަހަންމަލް ކުރަމުންދާ މީހުން ގަވާއިދުން ސިއްހީ ފަރުވާދޭ މީހުންގެ ލަފާ ހޯދުން މުހިންމެވެ. އަދި އަވަހަށް ދެނެގަނެ ފަރުވާ ފެށިއްޖެނަމަ މިފަދަ ބަލިތަކުގެ ސަބަބުން ދިމާވާ ދާއިމީ ގެއްލުންތައް 95 ޕަސެންޓަށް ކުޑަ ކުރެވޭނެ އެވެ.

ހަކުރުބަލި ތަހައްމަލް ކުރަމުންދާ 40 އަހަރުން މަތީގެ މީހެއްނަމަ، ލަސްނުކޮށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. މި ހިދުމަތް އެންމެ ފަސޭހަކަމާއެކު އެކަށޭނަ އަގެއްގައި އައިކެއަރ އިން ލިބޭނެ އެވެ. އައިކެއަރ ކްލިނިކް އަދި ހޮސްޕިޓަލް ހުޅުވާފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށެވެ. އައިކެއަރ އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި މެޑިކަލް ރެޓީނާ ސާވިސަސް، ކޮމްޕްރެހެންސިވް އައި އެގްޒާމް، ސާޖަރީ އަދި ޓްރީޓްމެންޓް، ރިފްރެކްޓިވް އެރާ ކަރެކްޝަން އަދި ޕްރިސްކްރިޕްޝަން އާއި ކޮންޓެކްޓް ލެންސްގެ ހިދުމަތް ހިމެނެ އެވެ.