އައި ކެއާ

ކޮލެޓީ ނަންބަރު އަވިއައިނެއް ހޯދަން މިހާރު ވަރަށް ފަސޭހަ

Sep 28, 2021
1

ނަންބަރު އަވިއައިނަކީ އަވިން ލޯ ރައްކާތެރިކޮށްދިނުމަށް ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް ރަނގަޅު ނަންބަރުގެ އަވިއައިނެއް ހޯދުން ބައެއް ފަހަރު ވަރަށް އުނދަގުލެވެ. މިކަމަށް އައިކެއާ އޮޕްޓިކަލް އިން މިހާރު ވަނީ ހައްލު ހޯދައިދީފަ އެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ، ލޮލާއިގުޅޭ އެކި ހިދުމަތްތައް ދެމުން އަންނަ އައިކެއަރ އޮޕްޓިކަލްއިން މިހާރު އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އަވިއައިނު ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި މައުޖިމް އަދި ނޯވާ ބްރޭންޑް ފާހަގަކޮށްލެވެ އެވެ. މިއީ ފެޝަނަށް ލޯބިކުރާ ފަރާތްތަކަށްވެސް އެންމެ ކަމުދާނެ ބްރޭންޑްތަކެކެވެ. މި ބްރޭންޑްތަކުގެ އަވިއައިނަކީ ރަނގަޅު ކޮލެޓީގެ ރީތި އައިނުތަކެކެވެ.

ނަންބަރު އަވިއައިނަކީ ދުރު ބެލުމާއި އަދި ކައިރި ބެލުމަށްވެސް ބޭނުންކުރެވޭނެ އައިނެކެވެ. އަދި މިއީ ލޯފުސް މީހުންނަށްވެސް އެންމެ އެކަށީގެންވާ އަވިއައިނެވެ. ނަންބަރު އައިނު އަޅާ މީހުންނަށް އަދި ކޮންޓެކްޓް ލެންސް ލައްވާ މީހުންނަށް ވެސް މިއީ ބޭނުންކުރަން އެންމެ އެކަށީގެންވާ ފަސޭހަ އައިނަކަށް ވެގެން ދާނެ ކަމަށް އައިކެއަރ އިން ގަބޫލުކުރެ އެވެ.

ބައެއް ފަހަރު ކޮންޓެކްޓް ލެންސް ލައްވާއިރު ލޯ ހިކުމާއި އަދި ދިމާވާ އެކިއެކި އުނދަގޫތަކުން ނަންބަރު އަވިއައިނު އެޅުމުން ދުރުކޮށްދެ އެވެ. އައިކެއަރ އޮޕްޓިކަލް އިން ފޯރުކޮށްދޭ މާއުޖިމް އަދި ނޯވާ ބްރޭންޑްގެ ނަންބަރު އަވިއައިނުތަކަކީ ޕްރިސްކްރިޕްޝަނަށް ބަލައި އޯޑަރު ކުރާ އައިނުތަކެކެވެ.

އެހެންކަމުން މި ބްރޭންޑްތަކުގެ އައިނު ގަތުމުން ކަސްޓަމަރުންގެ ލޮލަށް ރަނގަޅަށް ހެޔޮވަރުވެ ފްރޭމް ކުޑަވެ ނުވަތަ ބޮޑުވުމުގެ އެއްވެސް މައްސަލައެއް ދިމާނުވާނެކަމުގެ ޔަގީންކަން އައިކެއަރއިން ކަސްޓަމަރުންނަށް ދެއެވެ. އައިކެއަރ އިން ނަންބަރު އަވިއައިނު ގަންނަ ފުރަތަމަ ފަހަރު ކަސްޓަމަރުންނަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. އަދި ދެވަނަ ފަހަރަށް ނޯވާ ބްރޭންޑްގެ އައިނު ގަންނަނަމަ 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

އައިކެއަރ އޮޕްޓިކަލް އަކީ ރާއްޖޭގެ ލޮލުގެ ފަރުވާގައި ކަސްޓަމަރުންގެ މެދުގައި އެންމެ ޔަގީންކަން ބޮޑު ބްރޭންޑެވެ. އައިކެއަރ އިން
އަންނަނީ ކަސްޓަމަރުންނަށް ޕްރޮފެޝަނަލް ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އަދި މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގެއްގައި ލޮލުގެ
ހިދުމަތް ލިބޭނެ ތަންވެސްމެ އެވެ.