ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އީރާގު ޖަލުތަކުގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

އީރާގުގެ ޖަލުތަކުގައި ތިބި ކުށްވެރިންނަށް ޒިޔާރަތް ކުރަން އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ކޮވިޑާ ގުޅިގެން އެ ގައުމުގައި އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތަކަށް ފަހު ވެކްސިން ފުރިހަމަ ކުރެވޭ ނިސްބަތުން ލުއިތައް ވަނީ ދޭން ފަށާފަ އެވެ.

އީރާގުގެ ސިއްހަތާ ބެހޭ އިދާރާއިން ޖަސްޓިސް މިނިސްޓްރީއާ ހަވާލާދީ ބުނި ގޮތުން އެ ގައުމުގެ ޖަލުތަކުގައި އަދި އެނޫން ތަންތަނުގައި ހައްޔަރު ކޮށްފައި ތިބިހާ ކުށްވެރިނަށް ކޮވިޑް ވެކްސިން ދީފި އެވެ. އަދި ބަންދުގައި ތިބި މީހުނަށް ޒިޔާރަތް ކުރަން ފުރަސަތު އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސިއްހީ އިދާރާތަކުން ބުނާ ގޮތުން އީރާގުގެ ޖަލުތަކުގައި ކޮވިޑް ނުފެތުރެ އެވެ. ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެސް ވެއެވެ. އެއީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އީރާގުގައި ކޮވިޑް ފެތުރިގަނެ ބާރުބޮޑުކުރަން ފެށުމުން ވަނީ ޖަލުތަކަށް ޒިޔާރަތްކުރުން ހުއްޓުވާފަ އެވެ. އިދާރާތަކުން ބުނީ ޖަލުތަކުގައި ތިބި މީހުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

އީރާގުގައި 1،345،904 މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރިކޯޑްކޮށްފައި ވެއެވެ. ކޮވިޑްގައި 17،186 މީހުން މަރުވި ކަމަށް ވެސް ރެކޯޑްތަކުން ދައްކަ އެވެ. އިރާގުގައި މިހާތަނަށް 896،063 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.