ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގެ ހާލަތު ބަދަލުވެދާނެ ކަމަށް ތައްޔާރުވުމަށް ސްޓޭޓްތަކަށް އަންގައިފި

ކޮރޯނާވައިރަހުގެ ކޭސްތައް ގައުމުތަކުގައި -- ހާއްސަކޮށް އިންޑިއާއާ އިންވެގެން އޮތް ޗައިނާގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވެ ތައްޔާރީ ހާލަތުގައި ތިބުމަށް ސްޓޭޓްތަކަށް އިންޑިއާ ސަރުކާރުން އަންގައި އިލްތިމާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރު މަންސުޚް މަންޑަވިޔާ ސްޓޭޓްތަކުގެ ހެލްތު މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކޮވިޑް ވޭރިއަންޓްތައް ފެތުރެމުން އަންނަ ކަމަށް ވިދާޅުވެ ވަނީ އިންޒާރު ދެއްވާފަ އެވެ.

ކޮވިޑަށް ޓެސްޓް ކުރެވެން ހުރި ގޮތްތައް އިތުރުކޮށް ވެކްސިން ދިނުމާއި ފަރުވާ ދެވެން ހުރި ވަސީލަތްތައް -- އޮކްސިޖަނާއި ވެންޓިލޭޓަރު ފަދަ ތަކެތި ގުދަން ކުރަން ވެސް ސްޓޭޓްތަކަށް ވަނީ އަންގާފަ އެވެ.

ދުނިޔެއަށް ކޮވިޑް ފެތުރިގަނެ ގައުމުތައް ހިސޯރުކުރަމުން ދިޔައިރު އިންޑިއާ ކަންކުރި ފަދައިން އަދި ސްޓޭޓްތަކުގެ އާބާދީއަށް ބަލައި އިމެޖެންސީ ފަރިތަކުރުންތައް ބޭއްވުމަށް ވެސް ސްޓޭޓްތަކުން ވަނީ ނިންމާފަ އެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި އާންމުގެ ކިބައިން އެއްބާރުލުމަށް ވަނީ އެދިފަ އެވެ. އަދި ސިއްހީ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ތަބާވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ސްޓޭޓްތަކުގައި ތިބި ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އިސްކަން ދިނުމަށާއި ފަރުވާ އަަވަސް ކުރެވެން ހުރި ހުރިހާ ގޮތްތަކަށް ތައްޔާރު ވުމަށް ވެސް ސިއްހީ މަރުކަޒުތަކަށް އޮތީ އަންގާފަ އެވެ.

އިންޑިއާގައި ކޮވިޑް ފެތުރުން މި ވަގުތަށް ކޮންޓްރޯލް ނަމަވެސް ހެލްތު މިނިސްޓްރީން ބުނާ ގޮތުން ހަފުތާއަކު 1،200 މީހުންނަށް ކޮވިޑް ޖެހެ އެވެ. އަދި މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހާ ހަމައަށް 3،380 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަަމަށް ވަނީ ރިކޯޑްކޮށްފަ އެވެ.

އިންޑިއާއަށް އެތެރެވާ މީހުންނާ މެދު އަމަލުކުރާ އުސޫލުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މި ގޮތުން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހުރިހާ ދަތުރުވެރިން ކޮވިޑަށް ޓެސްޓްކުރެވޭނެ ކަމަށެވެ. މި ގޮތުން މި ވަގުތަށް ޓެސްޓްކުރަން ނިންމާފައި ވަނީ ހަށިގަނޑުގެ ފިނިހޫނުމިން ބަލައިގެންނެވެ.

އަދި ދަތުރުވެރިންގެ ތެރެއިން އިހުތިޔާރު ކުރެވޭ ބަޔަކު ކޮންމެ ދުވަހަކު ވެސް ކޮވިޑަށް ޓެސްޓްކުރެވޭނެ ކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފަ އެވެ.