ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ އިންޓަނޭޝަނަލް ފްލައިޓްތައް މަޑުޖައްސާލަނީ

އިންޓަނޭޝަނަލް ކޮމާޝަލް ފްލައިޓްތަކަށް ޑިސެމްބަރު 15 ގައި އިންޑިއާ ހުޅުވާލާ ގޮތައް ކުރިން އޮތީ ހަމަޖައްސާފަ އެވެ. އެހެން ނަމަވެސް ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާވައްތަރު، އޮމިކްރޯންއާ ހެދި ދަތުރުތައް މަޑުޖައްސާލަން މިހާރު ވަނީ ނިންމާފަ އެވެ.

ގައުމުތަކަށް ކޮވިޑް ތައްކަތު ނުވެ ފެތުރިގެން ދިއަ ބާރުމިނުގައި އިންޑިއާ އޮތީ މާޗް 2020 ގައި އިންޓަނޭޝަނަލް ފްލައިޓްތަކަށް އެއާޕޯޓްތައް ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް މިއަހަރު ކޮވިޑަށް ލުއި ލިބެން ފެށުމާއެކު އެއާޕޯޓްތައް ހުޅުވާލާ ގޮތަށް ހަމަޖެއްސީ އެވެ.

ސައުތު އެފްރިކާއިން ފާހަގަކޮށްފައިވާ ކޮވިޑްގެ އާވައްތަރު، އޮމިކްރޯން މިހާރު އިންޑިއާއަށް ވަދެއްޖެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް އާވެރިއަންޓް ޖެހުނީ ކިތައް މީހުންނަށް ކަމެއް އަދި ރަސްމީކޮށް ނުބުނެ އެވެ.

އިންޑިއާގެ އިދާރާތަކުން ބުނީ ފްލައިޓްތަކަށް ހުއްދަދޭނެ ތާރީޚެއް ފަހުން ކަނޑައަޅާނެ ކަމަށެވެ. އެހެން ނަމަވެސް، ވަކި ތާރިޚަކާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

އިންޑިއާއާ އެކު ޚާއްސަ ގުޅުންތައް އޮންނަ ގައުމުތަކުގެ މެދުގައި މިހާރު ވެސް ކޮމާޝަން ދަތުރުތައް ކުރެ އެވެ. އެއީ އެކަމަށް ޚާއްސަ އެއާބަބްލްއެއްގެ ދަށުންނެވެ.

އިންޑިއާގެ މައި ސަރުކާރުން އިދާރާތަކަށް މިހާރު އަންގާފައި އޮތް ގޮތުން ކޮވިޑްގެ މަޝްރަހާ މެދު ޝައްކު ފިލައި ލުއިލިބޭހާ އަވަހަކަށް ބޯޑަރުތައް ހުޅުވާލައި ދަތުރުތަކަށް ހުއްދަދޭން ވާނެ އެވެ.

ސިވިލް އޭވިއޭޝަނުން ވެސް ބުނީ ދުނިޔޭގެ މަޝްރަހަށް ހެޔޮ ބަދަލު އައުމާއެކު ފްލައިޓްތަކަށް ހުއްދަދޭނެ ކަމަށެވެ.