ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ބޯޑަރުތައް ޓޫރިސްޓުންނަށް ހުޅުވާލަނީ

އިންޑިއާގެ ބޯޑަރުތައް ޓޫރިސްޓުންނަށް މިއަދު ހުޅުވާލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި 18 މަސް ދުވަސް ވަންދެން ބޯޑަރުތައް މަނާ ކޮށްފައި އޮތުމަށް ފަހު އެންމެ ފުރަތަ ފުރުސަތު ހުޅުވާލަނީ މުއްދަތު ޖަހައިގެން އިންޑިއާއަށް ވަންނަ ޓޫރިސްޓުންނަށެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހާލަތަށް ލުއި ދޭން ވިސްނީ ބަލިމަޑުކަން މިހާރު އޮތް ނިސްބަތުން ތައްކަތު ކުރެވިފައި ވާތީ އެވެ.

އިންޑިއާ އަކީ ކޮވިޑްގައި ވަރަށް ވަރުވި ގައުމެކެވެ. މިބަލީގައި މަރުވި މީހުންގެ އަދަދު ރަސްމީ ހިސާބުތަކުން ދައްކާ ވަރަށް ވުރެ އިތުރުވާނެ ކަމަށް ރަސްމީ އިދާރާތަކުން ވެސް ގަބޫލުކުރެ އެވެ.

ދުނިޔެއަށް ކޮވިޑް ފެތުރިގަތް ދުވަސްވަރު އިންޑިއާ އޮތީ ހާލަތު ވަރަށް ރަނގަޅަށް މެނޭޖްކޮށްގެންނެވެ. އެހެން ނަމަވެސް ސިޔާސީ ލީޑަރުންގެ ބޯހަރުކަމުގައި ހައްދުފަހަނައަޅާ ދިއުމުން އާންމު ރައްޔިތުން ހާލަތު ވެސް އަތްނުފޯރާ ފަށަށް ދިއައީ އެވެ.

އިންޑިއާއަކީ ކޮވިޑްގައި އަވަށްޓެރި ގައުމުތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ވެސް ގައުމެކެވެ. ދުނިޔޭގެ ބޭސްވެރި ކަމުގައި އިންޑިއާގެ ފުންނާބު އުސް ނަމަވެސް ކޮވިޑްގައި އޮތީ ގޮތް ހުސްވާ ހިސާބުގަ އެވެ.