ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގައި އިންޑޮނީޝިއާއިން 500 ޑޮކްޓަރުން މަރު

އިންޑޮނީޝިއާގައި ކޮވިޑްގައި 500 އަށް ވުރެ ގިނަ ޑޮކްޓަރުން މަރުވެފައި ވާކަމަށް އިންޑޮނީޝިއާގެ މެޑިކަލް އެސޯސިއޭޝަންއިން ބުނެފި އެވެ. އިންޑިއާއަށް ފަހު އޭޝިއާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމަކަށް މިހާރު ވެފައި ވަނީ އިންޑޮނީޝިއާ އެވެ.

މެޑިކަލް އެސޯސިއޭޝަނުން އޮންލައިކޮށް ބޭއްވި ނޫސް ކޮންފަރެންސެއްގައި މަހޭޝާ ޕަރަނަދިޕާ ވިދާޅުވީ ގޮތުން މެޑިކަލް ޓީމުން 545 އެކުވެރިން ޖުލައި 17 އާ ހަމަށް ވަނީ ގެއްލިފަ އެވެ. އިރުމަތީ ޖާވާގައި ހާލަތު އޮބިނޯންނަ ވަރުވެފައި ވާއިރު މެޑިކަލް ތަރުޖިބާކާރުން އެންމެ ގިނައިން މަރުވެފައި ވަނީ ވެސް އެއަވަށުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ޖަކާޓާ އަދި މެދުތެރޭ ޖަވާގެ ހާލަތު ވެސް އޮތީ އަތުން ދޫވެފައި ކަމަށް ވިދާޅުވި އެވެ.

އިންޑޮނީޝިއާގައި ކޮވިޑުން ރައްކާތެރިވުމަށް މީސް ގިނަ ޖަވާގެ ގިނަ އަވަށްތައް ޖުލައި ތިނަކުން ފެށިން ވަނީ ފުރަބަންދުކޮށްފަ އެވެ. އޭގެ ތެރޭގަައި ވެރިރަށް ޖަކާޓާ އަދި މަޝްހޫރު ރިސޯޓް، ބާލީ ވެސް ހިމެނެ އެވެ.

އިންޑޮނީޝިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުން ގިނަވެ ހޮސްޕިޓަލްތަކަށް ވެސް ވަނީ ނުތަކާފަ އެވެ. ބަލި މީހުންގެ ނިސްބަތުން ފަރުވާ ދޭން ތިބި ޑޮކްޓަރުންނަށް ވެސް އެކަށީގެންވާ ގޮތުގައި އަޅާނުލެވޭ ކަމަށް ވެއެވެ. ބައެއް ސަރަހައްދުތަކުން މެޑިކަލް އޮކްސިޖަން ހުސްވެ އިންޑިއާއިން ތަޖުރިބާކުރި ފަދަ ހާލަތެއް ބޯމަތިވެދާނެ ކަމަށް އޮތް ބިރު ބޮޑެވެ.