ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއަށް ޖެއްސި ފްލައިޓެއްގެ 70 ޕަސެންޓް ކޮވިޑަށް ޕޮސިޓިވް

ފްލައިޓަށް އެރުމުގެ ކުރިން ކޮވިޑް ނެތްކަން ސާބިތުކޮށްދޭން ޖެހެ އެވެ. ކޮވިޑް ނެގަޓިވް ޓެސްޓެއް ހުށަހަޅަން ޖެހެ އެވެ.

އެހެން ނަމަވެސް އިޓަލީގެ މިލާނުން އިންޑިއާގެ އަމްރިތުސާރަށް ދަތުރުކުރި ފްލައިޓެއްގެ 70 ޕަސެންޓް ކޮވިޑަށް ޕޮސިޓިވް ކަމަށް އިންޑީއާއިން ބުނެފި އެވެ.

އިންޑިއާ ނޫސްތަކުން ބުނާ ގޮތުން ބޯޓުން ދަތުރުކުރި 179 މީހުންގެ ތެރޭގައި 19 ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި އާދައިގެ މަތިން ކޮވިޑަށް ޓެސްޓްކުރުމުން ޕޮސިޓިވްވި ހުރިހާ މީހުން ކޮވިޑް ގަވައިދުތަކާ އެއްގޮތަށް އެކަހެރިކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

އިޓަލީން އިންޑިއާއަށް ދަތުރުކުރި ކަމަށް ބުނަނީ އެއޮރޯއެޓްލާންޓިކް އެއާވޭސްއިން އޮޕަރޭޓްކުރާ ފްލައިޓެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބޯޓުގެ ނަން ފާހަގަކޮށްފައި ނެތް ނަމަވަވެސް ދައްކާފައި ވަނީ ނިއޮސް އެއާލައިންގެ ފޮޓޯއެކެވެ. މިއީ ދިވެހިރާއްޖެއަށް ވެސް ދަތުރުކުރާ ޗާޓަރު ފްލައިޓެކެވެ.

އިޓަލީއަކީ ކޮވިޑްގެ އާވޭރިއަންޓް އޮމިކްރޮން ވަރަށް ބާރަށް ފެތުރޭ ގައުމެކެވެ. އިޓަލީގެ ބައެއް ސިޓީތަކުން ދަތުރުކުރާ މީހުންނާ މެދު ބައެއް ގައުމުތަކުން މިދުވަސްވަރު ވަރަށް ބޮޑަށް ސަމާލުވެ އެވެ.

އެއޮރޯއެޓްލާންޓިކުން އޮފަރޭޓްކުރާ ފްލައިޓް އިންޑިއާގެ އަމްރިތުސާރަށް ޖެއްސި މަތިންދާބޯޓް ދަތުރުމަތިގައި ޓެކްނިކަލް މައްސަލައެއް ދިމާވެ ޖޯޖިއާގެ ބިލީސީއަށް ޖެއްސި ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

އިންޑިއާ އަކީ ކޮވިޑްގައި ވަރަށް ވަރުވި ގައުމެކެވެ. އަދި ކޮވިޑްގައި ވަރަށް ގިނަ ބަޔަކަށް އެހީތެރިވި ގައުމެކެވެ.

ގައުމުތަކުގައި ކޮވިޑްގެ އާވައްތަރު، އޮމިކްރޮން ފެތުރެން ފެށުމާއެކު އިންޑިއާއިން ވަނީ ވަރަށް ބޮޑަށް ސަމާލުވެފަ އެވެ. ސަރަހައްދީ ނާރެހެއް ގޮތުގައި އޮތް އިންޑިއާއަކީ އަވައްޓެރި ގައުމުތަކުން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ.

އިންޑިއާގެ ހާލަތު ގޯސްވެއްޖެ ނަމަ ގާތީ އަވައްޓެރިންގެ ހާލަތު ވެސް ގޯސްވުމާ އެވެ. އެހެންކަމުން ސިއްހީ އޮފިޝަލުންގެ އިރުޝާދަށް ތަބާވުން މިކަމުގައި ވަރަށް މުހިންމުވާނެ އެވެ.