އެލައިޑް އިންޝުއަރެންސް

ކާރިސާ ތަކަފުލް: ރައްކާތެރިކަން ފެންނަ ދޮރެއް

Aug 18, 2021

ކުއްޔަށް އުޅޭ ގެއެއްގައި ނުވަތަ އަމިއްލަ ގެއާއި ވިޔަފާރިއަށް ލިބޭ ގުދުރަތީ ގެއްލުމަކަށް ބަދަލު ލިބޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ މިފަދަ ކާރިސާ ތަކުން ލިބޭ ގެއްލުމުން ރައްކާތެރިކަން ދޭނެ އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް ޕްރޮޑަކްޓެއް ރާއްޖެ އިން ލިބެން އެބަހުރި ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ބޭނުންނަމަ ބަލައިލާން ޖެހެނީ އެލައިޑުގެ އިސްލާމިކް ވިންޑޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށެވެ. އޭގެ ތެރެއިންވެސް މަތީގައި ބަޔާންކޮށްފައިވާ ހާލަތަށް އެންމެ އެކަށޭނެ ޕްރޮޑަކްޓަކީ އަޔާދީ ތަކާފުލްގެ ކާރިސާ ތަކާފުލް އެވެ. ކާރިސާ ތަކާފުލް އަކީ ކޮން އެއްޗެއް ހެއްޔެވެ؟ މި އިން ރައްކާތެރިކަން ލިބެނީ ކޮންކޮން ހާދިސާ ތަކެއް ކުރިމަތި ވެގެން ހެއްޔެވެ؟

ކާރިސާ ތަކާފުލް އަކީ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވާ ހިނދު ދިރިއުޅޭ ގެއާއި ގެދޮރު އަދި ވިޔަފާރިތަކުގެ އެންމެހާ އަގުހުރި މުދަލަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ތަކާފުލް ޕްލޭން އެކެވެ.

މި ތަކާފުލް ޕްލޭނުން ރައްކާތެރިކަން ލިބިދޭ ހާދިސާތަކުގެ ތެރޭގައި ސުނާމީ އާއި އަލިފާނުގެ ހާދިސާތައް ހިމެނެ އެވެ. ހާދިސާއެއް ދިމާވުމުން މި ތަކާފުލް ޕްލޭން މެދުވެރިކޮށް، ވަންނަން ޖެހޭ ވަގުތީ ބޯހިޔާވަހި ކަމަށް މާލީ އެހީތެރިކަން ވެސް ކަށަވަރުކޮށްދެ އެވެ.

ޕްލޭނުން ބަދަލު ނަގައިދޭ ކަންތައްތައް

  • އަލިފާނުގެ ހާދިސާ
  • ހޮނު އެޅުން
  • އިމާރާތުގެ ތެރޭގައި ގޮވާ ޒާތުގެ އެއްޗެއް ގޮވުމުން ލިބޭ ގެއްލުން
  • ބިންހެލުން، އަލިފާން ފަރުބަދަ ގޮވުން، ވައިގެ ތޫފާންތައް، ސުނާމީ އުދައެރުން
  • ފެން ބޮޑުވެގެން ލިބޭ ގެއްލުން
  • ކުއްލި ހާލަތުގައި ދިރިއުޅޭ ތަނަށް ދައްކަން ޖެހޭ ކުލި

އަޔާދީ ތަކާފުލްގެ މި މުހިއްމު ޕްލޭންގައި ތިން ޕެކޭޖެއް ހިމެނެ އެވެ. ހިމެނޭ ޕެކޭޖުތަކަކީ:-

1
 

އިމާރާތުގެ ވެރި ފަރާތަށް ހާއްސަ ޕެކޭޖް

އިމާރާތުގައި ހުރި އެންމެހާ ތަކެތި އަދި ތިން މަސް ދުވަހުގެ އެންމެހާ ތަކެތި އަދި ވަގުތީ ބޯހިޔާވަހިކަން ކޮޓަރި އަކަށް 600ރ. ، ދުވާލަކަށް 1،200ރ. އިން ފެށިގެން 30،000 ރުފިޔާއާ ހަމައަށް މި ޕެކޭޖުން ރައްކާތެރިކަން އިމާރާތުގެ ވެރިފަރާތަށް ފޯރުކޮށްދޭނެ އެވެ.

2
 

ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ޕެކޭޖް

އިމާރާތުގައި (ކުއްޔަށް) ދިރިއުޅޭ ފަރާތުގެ ތަކެތި އަދި ތިން މަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ކޮޓަރި އަކަށް 600ރ. ، ދުވާލަކަށް 1،200ރ. އިން ފެށިގެން 30،000 ރުފިޔާއާ ހަމައަށް މި ޕެކޭޖުން ރައްކާތެރިކަން އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ.

3
 

ކުދި އަދި މެދުފަންތީގެ ވިޔަފާރި

އިމާރާތާއި މުދާ އަދި ތިން މަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ދުވާލަކަށް 1،200 އާއި 50،000 ރުފިޔާއާ ހަމައަށް މި ޕެކޭޖުން ރައްކާތެރިކަން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފޯރުކޮށްދޭނެ އެވެ.