ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ސްޓިމިޔުލަސް ލޯނަށް އެދެން އެސްޑީއެފްސީން ހުޅުވާލައިފި

Jul 4, 2021
2

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް "ވިޔަފާރި ދިރުން"ގެ ނަމުގައި ދޫކުރުމަށް ނިންމާފައިވާ ސްޓިމިޔުލަސް ލޯން ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކީމަކީ ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ލިބުނު މާލީ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ސްކީމެކެވެ.

އެސްޑީއެފްސީން ކުރިއަށް ގެންދާ ސްޓިމިޔުލަސް ލޯން ސްކީމުގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސަންޓް އިންޓަރެސްޓް ރޭޓުގަ އެވެ.

މި ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ހަމަޖެހިފައިވާއިރު ލޯން ދައްކަން ޖެހެނީ ހަތަރު އަހަރުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާ މި ލޯންގައި އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ވެސް ހަމަޖައްސާފައިވެ އެވެ.

އެސްޑީއެފްސީގެ ލޯން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓުުގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ދޭ 20 މިލިއަން ޔޫރޯ ނުވަތަ 375 މިލިއަން ރުފިޔާގެ ފެސިލިޓީގެ ދަށުން ދޫކުރާ ސްޓިމިޔުލަސް ލޯނުގެ ސަބަބުން ވިޔަފާރިތަކަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.