މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯޓަރީއެއް

Jul 5, 2021
0%
0%
0%

ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ލ.ފޮނަދޫގައި ގާއިމުކުރާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓަރީ ގާއިމުކުރުމުގެ މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އަދި ޓެކްނޯލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އެވެ. އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިއަތު އަބްދުއް ސައްތާރެވެ.

މި އެއްބަސްވުމުގެ ދަށުން، ލ. ފޮނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޑިޒައިނައީ ޓެންޑަރު ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަސައްކަތްކުރުމަށް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300 ރުފިޔާއެވެ. އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް ހަ މަސްދުވަހުގެތެރޭގައި ނިންމަން ޖެހެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345