ދުނިޔެ

ލުބްނާންގެ ރައީސްއާ ގަތަރުގެ ފޮރިން މިނިސްޓަރު ބެއިރޫތުގައި

ލުބްނާންގެ ރައީސް މިޝޭލް އައޫން ގަތަރުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްުދުއްރަހްމާން އައްސާނީއާ ބައްދަލު ކުރައްވައިފި އެވެ. ދެ ބޭފުންގެ ބައްދަލުވުން އޮތީ ލުބްނާންގެ ވެރިރަށް ބެއުރޫތުގައި ހުންނަ ރިޔާސީ ގަނޑުވަރުގަ އެވެ.

މިޝޭލް އައޫން ފޮރިން މިނިސްޓްރު މުހައްމަދު ބިން އަބްުދުއްރަހްމާން އައްސާނީއަށް ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ލުބްނާންގައި ސަރުކާރެއް އެކުލަވާ ނުލެވި ގިނަ ދުވަސްވުން ހިމެނެ އެވެ. އަދި ލުބްނާންގެ އިގުތިސޯދު ހަމައަކަށް ނޭޅި އަޑިއަޅަމުން ދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ދެންނެވި އެވެ.

ލުބްނާންގެ ތަރައްގީއަށް ގަތަރުން ވެދެއްވާ އެހީއަށް ޝުކުރު ދަންނަވަމަުން އައޫން ވިދުވީ އަރަބި ގައުމުތަކުން ލުބްނާނާ މެދު ގާތް ގުޅުމެއް ބާއްވާ ކަމަށާއި ލުބްނާނާ މެދު އަރަބި އެކުވެރިން ކަންބޮޑުވާ ކަމަށެވެ.

މުހައްމަދު ބިން އަބްުދުއްރަހްމާން އައްސާނީ ވިދާޅުވީ ހުރިހާ ގޮތަކުން ވެސް ލުބްނާނަށް އެހީތެރިވެ ދެއްވާނެ ކަމަށާއި ސަރުކާރެއް އެކުލަވާލުމަށާއި އިގުތިދޯސީ ހާލަތަށް ވެސް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ.

ލުބްނާންގައި ސަރުކާރެއް އެކުލަވާ ނުލެވި ދިގުލައިގެން ދިއުމުގައި ބޮޑުވަޒީރު ހަރީރީއާ ރައީސް އައޫންގެ ޚިޔާލުފުޅު ދިމާ ނުވުން ވެސް އެބަ އޮތެވެ. ކެބިނެޓް މިނިސްޓަރުން އެކުލަވާލުމުގައި ދެ ބޭފުޅުންނަށް އަދި އެއްގޮތް ފިކުރެއް ނުކުރެވެ އެވެ.

އޮކްޓޯބަރު 2019 އިން ފެށިގެން ލުބްނާންގެ އިގުދިސޯދު ހަމައަކަށް އެޅޭތީ ނުފެނެ އެވެ. ދާޚިލީ ހަމަނުޖެހުމުގެ އިތުރުން ސިޔާސީ ގޮތުން ޚިޔާލު ތަފާތުން ވެސް އޮތީ ބޭސް ކުރަން ޖެހިފަ އެވެ.

ބެއިރޫތު ޕޯޓަށް އޯގަސްޓް 2020 ގައި ދިން ހަމަލާގެ ސަބަބުން އިގުތިސޯދު ދިޔައީ ދަށަށެވެ. އެހާދިސާގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ލުބްނާންގެ ހާލަތު އަދިވެސް ފެންނަނީ ބަލި ކަށިކޮށެވެ.