ފެނާއި ނަރުދަމާގެ ނިޒާމް

އަންނަ އަހަރު 20 ރަށެގެ ނަރުދަމާ، 20 ރަށެއްގެ ފެނުގެ މަޝްރޫއު ފަށާނެ: ތޯރިގު

Nov 18, 2015

އަންނަ އަހަރު 20 ރަށެއްގައި ނަރުދަމާގެ މަސައްކަތް އަދި 20 ރަށެއްގައި ބޯފެނުގެ މަޝްރޫއު ފަށާނެ ކަމަށް އެންވައިރަންމަންޓް މިިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން ސަރުކާރު ބަޖެޓުން ޚަރަދުކޮށްގެން ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ އެކިއެކި މަސައްކަތް 27 ރަށެއްގައި ފަށައިގެން ކުރިއަށްދާ ކަމަށާއި އަދި ބޭރުގެ ހިލޭ އެހީއާ، ލޯން އެހީގެ ދަށުން ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް 20 ރަށެއްގައި ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެނުގެ މަޝްރޫޢު ހިންގަމުންދާ 12 ރަށެއްގެ ފެނުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށާއި އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ހއ. ތުރާކުނުގައި މި އަހަރު ފެނުގެ ނިޒާމް ޤާއިމު ކޮށްފައިވާއިރު މިދިއަ އަހަރު އުކުޅަހަށް ފެނުގެ ޚިދުމަތްދެންފަށާފައިވާ ކަމަށެވެ.