ފުވައްމުލައް

ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރަން ފެނަކައާ ހަވާލުކޮށްފި

ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު ސައީދު އެވެ.

އެ މަސައްކަތް ފެނަކައާއި ހަވާލުކުރީ ހަ މަސް ދުވަހުން ނިންމާގޮތަށް 43.2 މިލިއަން ރުފިޔާ އަށެވެ.