ޕޮލިޓިކްސް

އެންވަޔަރަމެންޓް މިނިސްޓަރުގެ އިސްތިއުފާއަށް މަޖިލީހުގެ ކޮމިޓީގައި ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީގެ ކުރިންރިން ބޭއްވި ހަފުލާއަކަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަޑައިގަންނަވަނީ -- ފޮޓޯ: އަވަސް
80%
20%
0%

ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ފުވައްމުލައް ނަރުދަމާއި ފެނުގެ ނިޒާމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ދެއްވި ޖަވާބުތަކާ ގުޅިގެން ކޮމިޓީގައި ތިއްބެވި މަޖިލީހުގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވައި މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވަނީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އޮންނަ ކަމަކީ ތިމާވެއްޓާއި އެނާޖީއާ ގުޅުން ހުރި ކަންކަމުގެ ސިޔާސަތު ކަނޑައެޅުން ކަމަށެވެ. އަދި އުމްރާނީ ތަރައްގީއަކާ ގުޅުން ހުރި ކަމެއްގައި ވެއްޓަށް ލިބޭ ގެއްލުންތަކުގައި ޕްލޭނިން މިނިސްޓްރީއަށް ފަންނީ ލަފާ ދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގެ މެންޑޭޓުގައި އޮންނަ ކަމަކީ، ތިމާވެއްޓާ ބެހޭ ކަމެއްގައި، އަދި ފެނާއި ނަރުދަމާގެ ކަންކަމުގައި ވެސް ފަންނީ ލަފައާއި އަޅަން ޖެހޭ ފިޔަވަޅުތައް ޕްލޭނިން މިނިސްޓްރީއަށް އެންގުން، އެއްވެސް އިންފްރާސްޓްރަކްޗާގެ ކަމެއް މި ސަރުކާރުގައި މި މިނިސްޓްރީގެ މެންޑޭޓްގައި ނޯޥޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން ފުވައްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މިނިސްޓަރުގެ ޒިންމާތައް މަޖިލީހުގެ މެންބަރުންނަށް ސާފު ކަމަށާއި މެންބަރުން ސުވާލު ކުރައްވަނީ މިނިސްޓަރުގެ ޒިންމާތަކާ ގުޅޭ ގޮތުން ކަމަށެވެ. ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލަ ހައްލު ނުކުރެވޭނަމަ އިސްތިއުފާ ދެއްވަން ގޮވާލެއްވި އެވެ.

"އެންވަޔަރަމެންޓް މިނިސްޓްރީގެ ޒިންމާތައް އަޅުގަނޑުމެންނަށް އެނގޭ އަދި އަޅުގަނޑުމެން މެންބަރުން މި ސުވާލު ކުރަނީ މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން، މިނިސްޓަރުގެ އެއްވެސް ޒިންމާއެއް ނެތް ކަމަށް ދައްކާތީ ހިތާމަކުރަން، އަޅުގަނޑަށް ރަނގަޅު މިނިސްޓަރު އިސްތިއުފާ ދިނުން ވެސް މިހާރު،" ހުސައިން ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވެސް ވިދާޅުވީ، މިނިސްޓަރުގެ ޒިންމާއެއް ނެތް ގޮތަށް ވާހަކަ ދައްކަވާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިނިސްޓަރުގެ ފަރާތުން ފެންނަނީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

"މި ތަނުގައި އެބަ ތިބި ފެނަކަ ކޯޕަރޭޝަންގެ ބޭފުޅުން ވެސް، މެންބަރުންގެ ސުވާލުތަކަށް އެ ކުންފުނީގެ ބޭފުޅުންގެ ފަރާތުން ވެސް މާ ރަނގަޅަށް މައުލޫމާތު ސާފުވެގެން އެބަދޭ، ނަމަވެސް މި ކަމުގައި މިނިސްޓަރުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ،" ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވާ އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދު ވިދާޅުވީ އެންވަރަޔަމެންޓް މިނިސްޓަރުގެ އިތުރުން އަދިވެސް ގިނަ މިނިސްޓަރުންގެ ފަރާތުން ވެސް ޒިންމާދާރުކަން ކުޑަ އަމަލުތައް ފެންނަ ކަމަށެވެ. ބައެއް މިނިސްޓަރުންނަށް އެއް ގޮތަކަށް ވެސް ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދު --

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ރަނގަޅަށް ހިންގަމުންދޭތޯ ވެސް މެންބަރު މުމްތާޒު ސުވާލު އުފެއްދެވި އެވެ. ބަރުލަމާނީ ނިޒާމެއްގައިނަމަ މަޖިލީހުގެ މެންބަރުން ވަޒީރުކަމާ ހަވާލުވެގެން ހުންނަވާއިރު ރައްޔިތުންނަށް ސީދާ ޖަވާބުދާރީވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް [ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް] ރައްޔިތުން ގުޅަނީ. ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަން ވެއްޖެ ކަންނޭނގޭ. ބަރުލަމާނީ ނިޒާމެއްގަ ވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ ނަގައިގެން މިނިސްޓަރު ކަން ކުރެވެނީ.” މުމްތާޒު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދުގެ ހަސަންގެ ޖަވާބުތަކާ މެދު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރެއްވިއިރު، މިނިސްޓަރު ހުސައިނަކީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްގެ މިނިސްޓަރެކެވެ.

މީގެ ކުރިން ވެސް އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސްލޮޓްތަކުގެ މިނިސްޓަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ދެއްވައި ޖަވާބުތަކާ މެދު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ. ކޯލިޝަންގެ ބައެއް މިނިސްޓަރުންގެ ޖަވާބުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާޑުވިދާޅުވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މިސްރާ

މިހަަރު އަދާލަތާ އެމްއާރުއެމްއިން ދެވަޒީރުން ބޭރުކުރީ ދެންއޮތީ ޖުމްހޫރީ މަކަރާހީލަތުން

ގުނބޯ

އިސްތިއުފާދޭން މަޖުބޫރުކޮށް ފިއްތުންތަށް ކިރިމަތި ކުރަމުންދާ މިނިސްޓްރީތަކާ ބޭރުކުރާނެކަމަށް ބެލެވޭ އޯޑަރ. 1. ފިޝަރީސް 2. އެންވައިރަމަންޓް 3. ޓެކްނޮލޮޖީ 4. ޔޫތް 5. ހޯމް 6. ޓްރާންސްޕޯރޓް ފުރަތަމަ ދިމާކޮށްފަ އެތިބީ މިވަގުތު ސިޔާސީގޮތޮތުން އެންމެ ބަލިކަށި މައުމޫން ގެ ސްލޮޓްތަކާ. އެއަށްފަހު އަދާލަތާއި ޖުމްހުހުރީ ޕާރޓީ. ސަބަބކީ ކައުންސިލް އިންތިހާބުން ފެއިލްވާ އަދި ނަޝީދަށް ބަލަދުއަރާ، ޝިފާމެންކަހަލަ ފެއިލިއަރސްއަށް މޮޅު ބިޔަ ވަޒީފާތައް ސެކުއަރ ކޮށްދިނުން. އިބޫ އަށް މިކަމާ ދެކޮޅެއް ނުހެދޭނެ، ހަދައިފިއްޔާ އަންނި އޭނަޔާ އިދިކޮޅަށްވެސް މަގުމައްޗަށް ނުކުންނާނެ، ހައުސިންގ މިނިސްޓަރ ހެއްދެވީ ރަނގަޅަށް، މަތިންބައިން ޖެހިގެން އަބަދު މަޤާމު ދިފާއުކުރުމަށް އުޅެން ހަދައިގެން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާކަށް އެއްވެސް ވަގުތެއް ނުލިބޭ. މިއީ ޒަމާނުއްސުރެ (ވަކި ސަރުކާރެއް އިސްތިސްނާނުކޮށް) ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންގެ ހަޤީގަތަކީ، %95 ދޭންޖެހެނީ މިކަމަށް. ބާކީ %5 ރައްޔިތުންނަށް.

ބޮޑުވަޒީރު

މަޖިލިހުގެ މެންބަރުކަމާ އަދި ވަޒީރުކަން ވެސް ވަރަށް ބޭނުންވޭ ދޯ، އެހާ ފެންވަރު އެބަހުރިތަ؟ ތިޔަ ެެެ އުޅެނީ ރަގަޅު ޤާނޫނު ގަނޑެ އއް ހަދާ ނުލެވިގެން

މަޒް

“އަޅުގަނޑުމެންނަށް [ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް] ރައްޔިތުން ގުޅަނީ. ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަން ވެއްޖެ ކަންނޭނގޭ." މީ ވަރަށް ދެރަ ވާހަކައެއް. ބަލަ ރައްޔިތުން ގުޅާނީ ރައްޔިތުން ހޮވި މަންދޫބުންނަށް. ކަލޭމެން ތިތަނަށް ހޮވާފަ ލާފަ ތިތިބީ ކަލޭމެން ހިތުހުރި ގޮތަކަށް އުޅޭކަށް ނޫން.. ކަލޭމެންގެ ޒިންމާއެއް ސަރުކާރުން ޒިންމާ އަދާ ކުރޭތޯ ބެލުން. އަދި މެމްބަރުންގެ ޒިންމާ އަދާ ނުކުރާނަމަ އެކަމާ ރައްޔިތުން ސުވާލު ކުރާނީ މެމްބަރުންނާ.. މިނިސްޓަރުންނަކާ ނޫން.. ރައްޔިތުން ސަުވާލު ކުރީމާ އޭގެ މާނައަކީ ކަލޭމެން މުޅި ނިޒާމު ބަދަލުކޮއް މިނިސްޓަރުކާމާ ހަވާލުވާށެކޭ ނޫން.. އަދި ތި އުޅެވެނީ ރަނގަޅަކަށް ނޫން..

ޝައްފަ

ޒަހާ އިހަށް ބޭރު ކުރަންވީ. ދޮޅު އަހަރު ވަންދެން އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަނަށް ރެސްޕޮންސިބަލް ވާން ޖެހޭނެ. މިއޮއް ހުރިހާ ދުވަހު މަސައްކަތެއް ނުކޮށް ހުރެފަ ސިޓީ އެއް ފޮނުވާލާ އިރަށް ސަލާމަތް ވެގެން ނުވާނެ. ފައިސާ އިން ގުނާނަމަ، ގުނާ އަދަދު ނުކުރެވޭހާ ގެއްލުން ދީފި ޒަހާ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345