އެމްޑަބްލިއުއެސްސީ

ހުއްޓިފައިވާ 22 މަޝްރޫއެއް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކުރަނީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު -- ފޮޓޯ: އަވަސް
0%
0%
0%

މަސައްކަތް ހުއްޓިފައިވާ ފެނާއި ނަރުދަމާގެ 22 މަޝްރޫއެއް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ -- ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްކަވަމުން އަބްދުލް މަތީން ވިދާޅުވީ އެ މަޝްރޫއުތަކުގެ ސާވޭ ނިމިފައިވާ ކަމަށާއި މަޝްރޫއުތަކާ ހަވާލުވުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

އެ ގޮތުން މަޝްރޫއުތަކާ ހަވާލުވުމުގެ ލިޔެކިޔުންތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"ލިޔެކިޔުންތައް ނިމުމާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ރަށްރަށުގައި ފަށައިގަންނާނަން،" އޭނާ ވިދާޅުވި އެވެ.

މަޝްރޫއުތައް ހުއްޓިފައިވާ ބައެއް ރަށްރަށުގައި ފަސް ޕަސެންޓަށްވެސް މަސައްކަތް ކުރިއަށް ނުދާކަން މަތީން ފާހަގަކުރެއްވި އެވެ.

މަތީން މިހެން ވިދާޅުވެފައިވާއިރު ފެނަކައާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކެއް ފެނަކައިން ވަކިކޮށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންފްރާސްޓްރަކްޗާ މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.

އެ ގޮތުން 20 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ފެނަކައާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް އެ ކުންފުނިން ވަކިކޮށް އެމްޑަބްލިއުއެސްސީއަށް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް މުއްތަލިބް އޭރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910