ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަރުވާގައި 18، އެކަކު ވެންޓިލޭޓަރުގައި

Jul 12, 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 18 އަަށް ދަށްވެއްޖެ އެވެ. މިއީ މި ފަހުން އެންމެ މަދުން އެޑްމިޓްކޮށްގެން މީހުންނަަށް ފަރުވާ ދެމުންދާ ވަގުތެކެވެ.

އެޗްޕީއޭއިން އަވަސްއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައި ވަނީ ފަރުވާ ދެމުންދާ 18 މީހުންގެ ތެރެއިން އެކެއްގެ ހާލު ގޯސް ކަމަަށާއި އެމީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ދިވެހިންގެ މައި ހޮސްޕިޓަލް، ދަރުމަވަންތާގައި އެމީހާއަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގެ ބަލި މީހުންނަަށް ހާއްސަ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ގިނަ އެނދުތައް ވެސް ހުރީ ހުހަަށެވެ. މެޑިކަލް ފެސިލިޓީގައި އޮތީ ނުވަ މީހެކެވެ. ގއ. އަތޮޅުގައި އެކަކު އަދި ފުވައްމުލަކު ސިޓީގެ ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އިއްޔެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 28 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 34 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 16 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،496 މީހުނެވެ. މިހާތަނަށް 72،349 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިއަދާ ހަމައަށް 214 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެ އެވެ. އިއްޔެ މީހަކު މަރުވީ ކޮވިޑްގެ މަރެއް ނެތި 10 ދުވަސް ވުމަށް ފަހު އެވެ.