އައި ކެއާ

އައިކެއަރ ބޮޑު ޗުއްޓީ ޕްރޮމޯޝަން: 15 ޕަސެންޓް ޑިސްކައުންޓް

Jul 14, 2021

މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އައިކެއަރ އޮޕްޓިކަލްގެ ފަރާތުން ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި އައިކެއަރގެ އައުޓްލެޓްތަކުން ވިއްކާ ހުރިހައި އުފެއްދުމަކަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އައިކެއަރ އިން ބުންޏެވެ. މީގެތެރޭގައި މާލެ، ހުޅުމާލެ، ފުވައްމުލައް އަދި އައްޑޫގެ އައުޓްލެޓްތައް ހިމެނެ އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ފެށި މި ޕްރޮމޯޝަން އޮގަސްޓް ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އަށާރަ އަހަރުގެ ތަޖުރިބާއާއިއެކު އައިކެއަރ އޮޕްޓިކަލް ވެފައިވަނީ ރާއްޖޭގައި ލޮލުގެ ފަރުވާގައި ކަސްޓަމަރުންގެ މެދުގައި އެންމެ
އިތުބާރާއި ޔަގީންކަން ބޮޑު ކުންފުނީގެ ގޮތުގަ އެވެ. އައިކެއަރ އޮޕްޓިކަލްއަކީ ފުލްޓައިމް ކޮލިފައިޑް އޮޕްޓިޝިއަންސްއާއި، އޮޕްޓޮމެޓްރިސްޓްއާއި، އޮޕްޓަމޮލޮޖިސްޓުންނާއެކު، ލޮލާއި ގުޅުންހުރި ހުރިހައި ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ ހަމައެކަނި ކުންފުންޏެވެ.

އަގުހެޔޮ އަދި ބްރޭންޑެޑް އައިނު ދުނިގަނޑާއި، ކޮންޓެކްޓް ލެންސްއާއި، ލޮލުގެ އެގްޒަމިނޭޝަން ހެދުމާއި، ކޯޕަރޭޓް އައިކެއަރ ޕްރޮގްރާމް ހިންގުމާއި، ޓްރީޓްމަންޓްތަކާއި އަދި ސަރޖަރީ ހެދުމުގެ ޚހިދުމަތްވެސް އައިކެއަރ އިން އަންނަނީ ފޯރުކޮށްދެމުންނެވެ.