ރައީސް އޮފީސް

މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އެއްތަންނުވާން އެދިއްޖެ

ރައީސް ސޯލިހް ރ އަތޮޅުގެ ރަަށަކަށް ވަޑައިގަތުން -
0%
0%
0%

ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އެއްތަންވެ ނުތިބުމަށް ސަރުކާރުން އެދިއްޖެ އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ސޯލިހް އުތުރުގެ ތިން ރަށަކަަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ. އެއީ އުތުރު ސިޓީ ކުޅުދުއްފުއްޓާއި ހަނިމާދޫ އަދި އެ އަތޮޅު ކުމުންދޫ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިއަދު ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާ ކަމަަށެވެ.

ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް އަންގާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އަދިވެސް އަތޮޅުތެރޭގައި ބަލި ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މި ވަގުތުވެސް 20 ރަށެއް އެޗްޕީއޭއިން ވަނީ ބަންދު ކޮށްފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910